ހަބަރު
22 Jan 2025 | 13:05
ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅޭ ސަބަބުތައް ހޯދުމަށް ދިރާސާއެއް ހަދަނީ

ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅި ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ހޯދުމަށް ދިރާސާއެއް ހަދަން ދާހިލީ ސަލާމަތާއި ފައްނިންޔަތާބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް މައުލޫމާތު ދެމުން އެ ވުޒާރާއިން ބުނީ، ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅޭ މައްސަލަތައް ދެނެގަނެ އެކަމުގައި ރާއްޖޭގެ ހާލަތު މިހާތަނައް ދެނެގަނެވިފައި ނެތްކަމަށާއި، ސައިންޓިފިކަލީ އެކަމަށް ދިރާސާއެއްވެސް ހެދިފައި ނުވާކަމަށެވެ.

އެހެންކަމުން ކުޑަކުދިންގެ މި ފަދަ ކަންކަން ދެނެގަނެ ހައްލުކުރުމަށް ކުށްތަކަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، މި ދިރާސާގެ މައިގަނޑު މަގްސަދަކީ މުޖްތަމައުގައި މި ހިމެނޭ ކުޑަކުދިން ކުށުގެ މާހައުލުން ސަލާމަތްކުރުމާއި މުޖްތަމައުގައި މިފަދަ ކަންކަމަށް މަގުފަހިވާކަންކަން ދެނެގަނެ އެކަމަަށް ފިޔަވަޅު އެޅުންކަމަށެވެ.

މި ދިރާސާގައި ކުޑަ ކުދިން ކުށުގެ މާހައުލަށް ހުށައެޅެނީ ކީއްވެކަމާއި އެ ކުދިން އެހިސާބަށް ދަނީ ކީއްވެކަމާއި އަދި ކުޑަ ކުދިންގެ ތެރޭގައި އެންމެ ޓްރެންޑް ވަނީ ކޮން ކަމެއްކަން ދެނެގަތުމުގެ އިތުރުން، ކުށުގެ މާހައުލަށް ޅައުމުރުގައި ދާ ކުދިން އަންބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ދިރާސާ ހެދުމަށް ފަންޑު ހޯދުމަށް ޔުނިސެފްއާއެކު އެ ވުޒާރާއިން މަސައްކަތް ކުރަމުން އަންނައިރު، މިއީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީއާއި ގުޅިގެންކަމަށާއި މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަތް ގެންދާ ދިރާސާއެއްކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ކޮމެންޓް
އަލީ
އަޚުލާޤް ކިޔަވައި ނުދިނުން އެއީ އެންމެ މުހިންމު ސަބަބު.....!
22 Jan 2025
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.