ރައީސް ޑރ.މުއިއްޒު ރ.އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ..
ހަބަރު
22 Jan 2025 | 22:48
ވަޑިންގެ މަސައްކަތް ފުޅާކުރުމަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭނަން: ރައީސް ޑރ.މުއިއްޒު

އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވަޑިންނަށް، އެމީހުންގެ މަސައްކަތްތައް ފުޅާކުރުމަށް، ބޭންކިން ނިޒާމުގެ ތެރެއިން ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ.އަތޮޅަށް ކުރައވްަމުްނގެންދަވާ ދަތުރުފުޅުގައި އިންނަމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރ.އަތޮޅަކީ އޮޑިދޯނުފަހަރު ބަނުމުމުގެ ފަންނުގައި ހާއްސަ އަތޮޅެއް ކަމަށާއި، އިންނަމާދޫއަށް ކުރި ދަތުރުގައި ވަޑިންނާއެކު ބޭއްވި ބައްދަލުވުމުގައި އެބޭފުޅުންގެ ހުރި މައިގަނޑު ކަންބޮޑުވުންތައް ސާފުވެފައިވާކަމަށެވެ. މިގޮތުން ވަޑިންނަށް އެންމެ ދަތިވާ އެއް މައްސަލައަކީ އެމީހުންގެ މަސައްކަތްތައް ފުޅާކުރުމަށް ބޭނުންވާ ފައިސާ ލިބުމުގެ ދަތިކަން ކަމަށާއި، އެކަމަށް ހައްލެއް ގެނައުމަށް ބޭންކިން ނިޒާމުގެ ތެރެއިން ވަޑިންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނޭކަމަށެވެ. 

ރައީސް ވިދާޅުވީ ވަޑިންނަށް ދޭ ލޯނު ކަނޑައަޅާނީ ރަހުނަކާނުލައި ދެވޭނެ އުސޫލަކުން ކަމަށާއި، ފަސޭހައިން ލޯނު ނެގޭނެ ގޮތްތައް ހަމަޖެހިގެން ދިއުމުން މަސައްކަތްކުރާ ފަރާތްތަކަށް އިންޑަސްޓްރީ ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގައި މުޅިންވެސް ދިވެހިން ހަރަކާތްތެރިވުން ކަމަށާއި، ބޭނުންވަނީ މި ދާއިރާއިން ދިވެހިންކުރިއަރާ ދިއުންކަމަށެވެ. ޒުވާނުންނަށް މި ފަންނުގައި ކުރިއަށްދިއުމަށް ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިންނަމާދޫގައި ވަޑާންކުރުމުގެ ތަމްރީނުދޭނެ މަރުކަޒެއް ގާއިމްކުރުމަކީ އެމަނިކުފާނުގެ ވިސްނުމެއްކަމަށެވެ.

މިގޮތުން އިންނަމާދޫގައި ވަޑާންކުރުމުގެ ތަމްރީނުދޭ މަރުކަޒެއް ގާއިމްކޮށް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީތެރޭން އެކަމަށް ބޭނުންވާ ކަންކަން ކުރިއަށްގެންދާނޭކަމަށް ރައީސް ޑރ.މުއިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ރ.އަތޮޅަކީ ޒަމާނުއްސުރެ ހާއްސަ ގޮތެއްގައި ކިއްސަރު ވަޑާމަށް އެންމެ މަޝްހޫރު އަތޮޅެވެ. ރ.އަތޮޅުގެ ރަށްތަކުގެ ތެރެއިން ކިއްސަރު ވަޑާމަށް އެންމެ މަޝްހޫރު ރަށްތަކުގެ ތެރޭގައި އިނގުރައިދޫ، އަލިފުށި އަދި އިންނަމާދޫ ފާހަގަކޮށްލެވެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އިންޖީނުއެޅި ދޯނީގެ މާވަޑިއަކީ ރ.އަތޮޅު އިނގުރައިދޫއަށް ނިސްބަތްވާ މާވަޑިއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.