ރައީސް ޑރ.މުއިއްޒު ފައިނު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ..
ހަބަރު
23 Jan 2025 | 15:56
ފައިނުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އަންނަމަހު އެމްޓީސީސީއާ ހަވާލުކުރަނީ!

ރ.އަތޮޅު ފައިނުގައި އެއާޕޯޓެއް އެޅުމަށް އަންނަ ފެބުރުއަރީމަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި މިއަދު ފައިނަށް ވަދައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ތަރައްޤީގެ މަގުގައި ފައިނުގެ ރައްޔިތުންކުރަމުންދާ އުއްމީދުތަކެއް އެބަހުރިކަމަށާއި އެގޮތުން ފައިނުގައި އެއާޕޯޓެއް އެޅުމަކީ ރަށު ރައްޔިތުން ކުރާ އުއްމީދެއް ކަމަށެވެ. ރައީސް ވިދާޅުވީ ފައިނު ރައްޔިތުންގެ އެ އުއްމީދުތައް ސަރުކާރުން ފުއްދައިދޭނޭކަމަށެވެ. އެގޮތުން އަންނަ ފެބުރުއަރީމަހުގެ ތެރޭގައި ފައިނުގައި އެއާޕޯތް އެޅުމުގެ މަސައްކަތް ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީ އާ ހަވާލުކުރާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިނު އެއާޕޯޓް އެޅުމުގެ މަސައްކަތް އަންނަމަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާއިރު، އެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށިގެންދާނޭކަމަށެވެ. ރައީސް ވިދާޅުވީ ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތް ކޮށްފައިވާ ސަަރަހައްދު އެއާޕޯޓް އަޅަންއޮތް ސަރަހައްދާ ދިމާވާތީވެ ގެންނަންޖެހޭ ބަދަލުތައް ގެންނާނޭކަމަށެވެ. 

އަޅުގަނޑަށް ގަބޫލުކުރެވެނީ މިދިޔަ ސަރުކާރުން އެއާޕޯޓް އެޅުމަށް ހުރަސްއެޅުމަށްޓަކައި ސީދާ ބޭނުންވާ ސަރަހައްދުގައި ފެނާ ނަރުދަމާގެ މަޝްރޫޢުގެ ބައެއް ބައިތަށް ހުރީ ހަދާފައި

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ރައްޔިތުން އެދޭގޮތަށް އެއާޕޯޓް އެޅުމުގެ ކަންކަން ސަރުކާރުން ކުރިއަށްގެންދާނޭކަމަށާއި، ފައިނުގައި އެއާޕޯޓެއް އެޅުމަކީ، ފައިނު މީހުންގެ އިތުރުން ދާއިރާގެ ރައްޔިތުންގެވެސް އުއުްމީދުތަކާ ގުޅިފައިވާ އެއާޕޯޓެއްކަމަށެވެ. ފައިނު އެއާޕޯޓާއެކު ދާއިރާއަށް އިތުރު ކުރިއެރުންތައް ލިބި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރަހައްދަށް އިތުރު އެއާޕޯޓްތައްވެސް އައުމަށް މަގުފަހިވެގެންދާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.