ރޭގެ ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު
24 Jan 2025 | 16:13
މާރިޔާ ރައީސް މުޢިއްޒަށް: ރައްޔިތުން އެދޭ ގޮތަށް ވެރިކަން ނުކޮށްދޭ ނަމަ ނަތީޖާ ވަރަށް ހިތިވާނެ

ރައްޔިތުން އެދޭ ވެރިކަމެއް ކޮށް ނުދޭނަމަ ނޫނީ ނަތީޖާ ހިތިވާނެ ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އެމްޑީޕީން ގާނޫނު އަސާސީގެ ދިފާއުގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާ ތަކުގެ ތެރެއިން ރޭ މާލޭގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އެމްޑީޕީ އަކީ ރައްޔިތުންގެ ވޯޓަށް ވަރަށް އިހްތިރާމްކުރާ ޕާޓީއެއް ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ވޯޓުން ވެރިކަމަށް އިންތިޚާބު ކުރައްވާފައި ހުންނެވި ރައީސަކަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ދެއްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. 

އެހެން ނަމަވެސް، އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އެކި ގޭގެއަށް ޒިޔާރަތް ކުރުމުން އެގޭގޭގެ ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ އެހެން އަޑެއް ކަމަށާ، އެ ރައްޔިތުން ބުނަމުންދަނީ، މި ވެރިކަން ވައްޓާލާށޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެ ރައްޔިތުން އެހެން ބުނަމުން ދަނީ، ރައްޔިތުންގެ އަތުން ޓެކްސް ފައިސާ ނެގި ނަމަވެސް، އެ ރައްޔިތުންނަށް އާސަންދަ ނުލިބި، ބާނާ މަހަށް ފައިސާ ނުލިބި، ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހި،  ރައްޔިތުން ފަގީރު ވަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ. 

"ރައްޔިތުންގެ ފައިސާ އިން ޚަރަދުކުރާ ކަމަށް ވަންޏާ ރައްޔިތުންނާއި ވާހަކަ ދައްކައިގެން ރަނގަޅު ގޮތުގައި ކަންކަން ކޮށްދެއްވާށޭ، މިމަހު 31 ވަނަ ދުވަހު އަޅުގަނޑުމެން އެންމެން މި ނިކުންނަނީ މިއަޑު ރައީސް މުޢިއްޒަށް އިއްވަން ރައީސް މުޢިއްޒަށް ދަންނަވަން ނަސޭހަތް ލައިދެން މިހެންނޭ އަޑުތައް ހުރީ، ރައީސް މުޢިއްޒޭ ރައްޔިތުން އެދޭވެރިކަމެއް ރައްޔިިތުން އެދޭގޮތަށް ކޮށްދެއްވާށޭ އެހެން ނޫނިއްޔާ ނަތީޖާ ވަރަށް ހިތިވެގެން ހިގައިދާނެއޭ،"

މާރިޔާ އަހުމަދު ދީދީ

މީގެ އިތުރުންވެސް މާރިޔާ ވަނީ ރައީސް މުޢިއްޒު އިތުރުފުޅު ހައްދަވައި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރައްވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. 

އަދި ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރު ގޭގައިވެސް ހިނގަނީ ރައީސް މުޢިއްޒުގެ ބާރުކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
އަސްލު ވެސް
ތިބޭފުޅުން ކުރީ ރައްޔިތުން އެދޭ ގޮތައްތޯ މިއީ ފުރަތަމަ ސުވާލު
25 Jan 2025
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.