ރޭގެ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
30 Jan 2025 | 11:41
ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ތަރައްގީއަށް ހުރަސް އެޅުމުގެ ހައްގު އެކަކަށްވެސް ނޯންނާނެ: ރައީސް

ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ތަރައްގީއަށް ހުރަސް އެޅުމުގެ ހައްގު އެކަކަށްވެސް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޯރަފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތެއްގެ އަޒުމަކަށް ވާންވީ، ޤައުމުގެ ތަރައްޤީގެ ކަންކަމުގައި އެކަތިގަނޑަކަށްވުން ކަމުގައެވެ.

އަދި ޤައުމަށް އަންނަ ކޮންމެ ތަރައްޤީއަކީ ތިބާއަށް ލިބޭ އުފަލަކާއި ފަޚްރެއް ކަމަށާ، ކޮންމެ ރައްޔިތަކީވެސް ޤައުމު ދެކެ ލޯބިވާ، ޤައުމު އިސްކުރާ، ޤައުމީ މީހަކަށް ވުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

މިއާއެކު އެމަނިކުފާނު ވިދާޅުވީ، ޙަޤީޤީ މާނައިގައި ޤައުމު ކުރިއަރައި ދާނީ، މި ފަދައިން ޤައުމީ ލޯތްބާއެކު ގުޅި، ލާމެހިގެންދާ ހިސާބުން ކަމަށާ ފުރިހަމަ ކާމިޔާބީތަކެއް ލިބެން އޮތީ، އެ ހަމަޖެހުމާއި އެއްބައިވަންތަކަން ޤާއިމުކުރެވިގެން ކަމަށެވެ. 

މި މޭރުމުން ޤައުމު ތަރައްޤީ ކުރުމުގައި އެކަތިގަނޑަކަށް ވުމަކީ، ދިވެއްސަކަށް ވީތީ، ދިވެހި ޤައުމުދެކެ ފަޚްރުވެރިވާ ހާލު ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދެން ހުރި ޚިޔާލުތައް އަންނަންވީ އޭގެ ފަހަތަށް ކަމަށާއި، އެއީ ސިޔާސީ ގޮތުން ކަމުގައި ވިޔަސް، ނުވަތަ އެހެން މައުޟޫއަކަށް ކަމުގައި ވީ ނަމަވެސް، އަދި ޚިޔާލު ތަފާތުވުން ކަމުގައި ވީ ނަމަވެސް، އެ ކަމެއް އަންނަންވީ އެއަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއާއެކު، ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ޙައްޤުތަކަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށާ، އަދުގެ ސަރުކާރުން ފުރިހަމަ ޔަޤީންކަމާއެކު އެ ޙައްޤުތައް ފޯރުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ޤާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށްވެސް ދެއްވާނެ ކަމަށާ، ނަމަވެސް ޤާނޫނުގެ ބޭރުން ކަމެއް ކުރުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫން ކަމުގައި އެ މަނިކުފާނު ވިދާޅުވުއެވެ.

”ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، އަޅުގަނޑުމެންގެ ތަރައްގީއަށް ހުރަސް އެޅުން، މުސްތަގުބަލަށް ހުރަސް އެޅުމަކީ އެއްވެސް މީހަކަށް އޮންނާނެ ހައްގެއް ނޫން. އެހެންވީމަ މިކަމުގައި ކުރިއަށް ދިއުމުގައި އަޅުގަނޑުގެ ޒިންމާ، އަޅުގަނޑު އަދާކުރާނަން،" އަންނަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ސަރުކާރާ ދެކޮޅަށް އެއްވުމެއް ބާއްވަމުން އަންނަ ދަނޑިވަޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.