ކުރީގެ ޓޫރިޒަމް މިނިސްޓަރު ފައިސަލް
ހަބަރު
30 Jan 2025 | 19:17
ފައިސަލްގެ ޝުކުރު ރައީސް ޑރ.މުއިއްޒުއަށް!

ދިވެހި ރާއްޖޭގެ ޓޫރިޒަމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ކުރީެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފިއެވެ.

ފައިސަލްގެ ފޭސްބުކްގައި ޕޯސްޓްކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ޖެނުއަރީމަހުގެ 28 ވަނަ ދުވަހާ ހިސާބަށް މަގާމުން ވަކި ކުރުމާ ހަމައަށް، ސަރުކާރުގައި ވޭތުވެދިޔަ މުއްދަތުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރާން ފުރުސަތު ދެއްވެވި ކަމީ އަބަދުވެސް ފަޚުރުވެރިވާނެ ކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރެއްވި މަސައްކަތް އަދާ ކޮށްފައި ވާނީ ޝައުގުވެރިކަމާއި އިޙްލާސްތެރި ކަމާއެކު ތެދުވެރިވެ ހުރެ ކަމަށާއި،. ޤާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލިވުމެއް ނެތި ކަމަށެވެ. އފައިސަލް ވިދާޅުވީ، ހަވާލު ކުރެއްވި ޓޫރިޒަމްގެ އަމާޒުތަކަށް ވާސިލުވާން މަސައްކަތްކޮށްފައި ވާނީ ދިވެހިރައްޔިތުންނާއި ގާތުން އަދި ބަދަލުވަމުންދާ ދުނިޔޭގެ ފަތުވެރިކަމަށް ބަލައިގެން ކަމަށެވެ.

މަޤާމުގައި ހުންނަވައިގެން ހާސިލްކުރެއްވުނު ކަންކަމާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ، ސަރުކާރުން މިދިއަ އަހަރަށް ކަނޑައެޅި މައިގަނޑު އަމާޒު، 2 މިލިއަން ޓޫރިސްޓުންގެ ލަނޑު ދަނޑިއަށް ވާސިލު ވެވުނު ކަމަށާއި، އެއީ ދިވެހިންގެ ހަޔާތުގައި ތާރީޚީ އުފަލަކާއި ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެ އުފާ ދިވެހި ސަރުކާރާއި ރައްޔިތުނަށް ހޯދައި ދޭން އުޅެވުނީ ޓޫރިޒަމް އިންޑިސްޓްރީގެ އަޑު އަހައިގެންކަމަށާއި، ދިވެހި ރައްޔިތުން ފަރާތުންގެ އައި ފާޑުކިޔުން ވެސް ބަލައިގަނެގެން ކަމަށެވެ. މީގެ އިތުރުން ފައިސަލް ވަނީ މަޤާމުގެ މައްސޫލިއްޔަތުތައް އަދާކުރެއްވުމަށް ސަރުކާރާ ޓޫރިޒަމް ސިނައަތުން ލިބިގެންދިޔަ އެއްބާރުލުން ފާހަގަކުރައްވާފައެވެ.

ފައިސަލް ވިދާޅުވީ ދިވެހި ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދާން ޖެހޭ ކަމަށާއި، އެކަމަށް މިހާރު ދިވެހިން އަޅާންޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮތް ފިޔަވަޅުތަކެއް ކަމަށެވެ. އެއީ ޓޫރިޒަމްގެ ފަހި ފުރުސަތުތައް ޒުވާނުންނަށް ހޯދައިދީ، އިންވެސްޓްކޮށް ޒުވާނުންގެ ބައިވެރިވުމާއެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތް މައްޗަށް ގެނައުމެވެ. އިތުރު އެނދު ތަރައްގީ ކުރާނެ ފަންޑު ހޯދައި ދިނުމާއެކު ފަސޭހަ ފަހި މާހައުލެއް ޒުވާނުންނަށް އުފައްދައި ދިނުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުޑަ އިންޓްރަސްޓެއްގައި ލޯނު ދިނުމާއި ޓޫރިޒަމް ނެތް ދިމަ ދިމާއަށް ލުއިތައް ހޯދައިދީ ކަނެކްޓިވިޓީ އިތުރު ކުރާން ޖެހޭ ކަމަށާއި، ލ. ހުޅިމެންދޫގައި ތަރައްގީ ކުރާން ނިންމާފައިވާ ޓޫރިޒަމް ޓްރޭނިން ސްކޫލްގެ އުފެދި ތަރައްގީވާން ޖެހޭ ކަމަށެވެ. 

ޓޫރިޒަމަކީ ރާއްޖޭގެ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އިންޑަސްޓްރީކަން ފާހަގަކުރައްވަމުން ފައިސަލް ވަނީ، އެ އިންޑަސްޓްރީ ފުޅާކޮށް ޒަމާނީ ކުރުމާއެކު މާކެޓްކޮށް އެކްސްޕްލޯ ކުރުމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ދީފައި އޮންނަ ބެޖެޓް 25 މިލިއަނާއި 50 މިލިއަން ޑޮލަރު ދެމެދުގެ އަދަދަކަށް ބަޖެޓެއް ކަނޑައަޅަން ޖެހޭކަމަށް ވިދާޅުވެފައެވެ. 

ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރެއްވި ނަމަވެސް މަގާމުން ވަކިކުރެއްވި ސީދާ ސަބަބެއް އަދި މިހާތަނަކަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން ފައިސަލް ވަކިކުރުމާއެކު އެ މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ހަވާލުކުރައްވާފައިވަނީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.