ޕީއެސްއެމް
ހަބަރު
03 Feb 2025 | 20:35
ގެއްލުންވަމުން އާއި ޕީއެސްއެމް އަދި ފެނަކައަށް ފައިދާވެއްޖެ!

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ ޕަބްލިކް ސާވިސް މީޑިއާ އާއި ފެނަކަ ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާ ވެފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފިއެވެ. 

ޕީސީބީން ނެރެފައިވާ ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ހިނގާދިޔަގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޕީއެސްއެމަށް ވަނީ 27 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައެވެ. އެ ކުއާތަރުގައި ޕީއެސްއެމަށް ފައިދާވިނަމަވެސް އޭގެ ކުރީ 4 ކުއާޓަރުގައިވެސް ޕީއެސްއެމަށް ވަނީ ގެއްލުންވެފައެވެ. މިގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕީއެސްއެމަށް 5 މިލިއަން ރުފިޔާގެ ގެއްލުން ލިބުނުއިރު، އޭގެކުރީ 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ 7 މިލިއަން ރުފިޔާ ގެއްލުންވެފައެވެ. 

ޕީއެސްއެމްގެ މާލީ ހާލަތާ ގުޅޭގޮތުން މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި އެކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވެފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޕީއެސްއެމްގެ ދަރަނި 261 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުގެ މާލީބަޔާންތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް 7 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާއިރު އޭގެ ކުރީ ފުރަތަމަ ކުއާޓަރުގައި ވަނީ 4 މިލިއަން ރުފިޔާގެ ފައިދާއެއް ނެރެފައެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާތަރުގައި ފެނަކައަށް 25 މިލިއަން ރުފިޔާ ގެއްލުން ލިބުނުއިރު، އޭގެ ކުރީ ކުއާޓަރުގައި ވަނީ 18 މިލިއަން ރުފިޔާ ގެއްލުންވެފައެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ފެނަކައަކީ ދަރަނީގެ ހާލަތު އެންމެ ބޮޑު ކުންފުންޏެވެ. ފެނަކައިން އިސްތިއުފާދެއްވި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. 

ކޮމެންޓް
ހަސަނަނާ
ފެނަކައަށް ފައިދާވާނީ ކަރުދާހުގަ! މިސަރުކާރުއައިސް ފެނަކަގެ މުއައްޒަފުން ދެގުނަކޮށް! 120 ގެ ހުންނަ ރައްރަށުގަވެސް އެބަހު 50 މުވައްޒަފުން. ފައިދާވާނެ އެއްވެސް ގޮތެއްނޯނާނެ!
03 Feb 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.