ހުޅުމާލެ ހޮސްޕިޓަލް--
ހަބަރު
05 Feb 2025 | 13:26
ހޮސްޕިޓަލުން ފަރުވާ ހޯދި މީހެއްގެ ޒާތީ މައުލޫމާތު އާއްމުކުރި މައްސަލައެއް ބަލަނީ!

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދި މީހެއްގެ ޒާތީ މައުލޫމާތު އާއްމުކުރި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދަންދިޔަ ބިދޭސީ މީހެއްގެ އެކްސްރޭ އަދި ހަށިގަނޑުން ނަގާފައިވާ ސްޕްރޭފުޅިއެއް މީސް މީޑިއާގައި އާއްމުވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މި މައްސަލައާ ގުޅޭގޮތުން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޮސްޕިޓަލަކުން ބަލިމީހެއްގެ ޒާތީ މައުލޫމާތު އާއްމުކުރިކަމަށް ބުނާ މައްސަލައެއް ބަލަމުންދާކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ހިއްސާކޮށްފައެއް ނުވެއެވެ.

އާއްމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެކްސްރޭގެ އިތުރުން އޮޕަރޭޝަންކޮށްގެން ނެގި ބޮޑީސްޕްރޭފުޅީގެ ފޮޓޯ ހިމެނެއެވެ.

ބޮޑީސްޕްރޭފުޅީގެ ފޮޓޯ ނަގާފައިވަނީ އޮޕަރެޝަންކޮށްގެން އެ ފުޅި ނެގިތާ މާގިނައިރު ނުވަނީސްކަން ފާހަގަކޮށްލެވެއެވެ. ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި ބޮޑީސްޕްރޭފުޅީގައި ލޭގެ އަސަރުވެސް ފެންނަން ހުއްޓެވެ.

ހޮސްޕިޓަލްތަކުން ފަރުވާ ހޯދާ މީހުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަނާކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.