ބ.ތުޅާދޫ... ފޮޓޯ: ވޮއިސް
ހަބަރު
06 Feb 2025 | 19:30
ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން މިއަހަރުގެ ތެރޭގައި ކުރިއަށްގެންދާނެ: ރައީސް ޑރ.މުއިއްޒު

ބ.އަތޮޅު ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން މިއަހަރުގެ ތެރޭގައި ކުރިއަށްގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ލިސްޓްގައި ތުޅާދޫގެ ނަން ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ވައުދުވެފައިވާ ފަދައިން، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއަރޕޯޓްގެ މަސައްކަތް މިއަހަރު އެކި މަރުހަލާގައި ކުރިއަށްދާނެ ކަމަށެވެ.

ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެންމެފުރަތަމަ ފައްޓަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. ބ.އޭދަފުށީގައި 2023 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 9 ވަނަ ދުވަހު ބޭއްވި ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާއެއްގައި އޭރު ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ، އެއަހަރު ނިމުމުގެ ކުރިން ތުޅާދޫ އެއާޕޯޓް ބޭނުންކުރެވޭވަރު ކުރާނޭކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 7 ވަނަ ދުވަހު، ކްރޮސް ސަބްސިޑީގެ ދަށުން ހަތް ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ހުޅުވާލިއިރު އޭގެ ތެރޭގައި ތުޅާދޫ ހިމެނެއެވެ. އޭގެފަހުން އޮގަސްޓްމަހުގެ 29 ވަނަ ދުވަހު ވަނީ ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ތުޅާދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.. 

ތުޅާދޫ އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުން ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ތުޅާދޫ ހިމެނޭހެން ށ. ބިލެތްފައްސާއި ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރިއިރު، އެ މަސައްކަތްތަކަށް 42 މިލިއަން ޑޮލަރު (653 މިލިއަން ރުފިޔާ) ހަރަދުވާނޭކަމަށް އޭރު ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. 

އެދުވަސްކޮޅު ތުޅާދޫ އެއާޕޯޓް ބިންހިއްކުމުގެ މަސައްކަތް ފެށިނަމަވެސް ފަހުން އެމަސައްކަތް އޮތީ ހުއްޓިފައެވެ. އަދި ފަހުން ވަނީ މަސައްކަތްކުރަން ގެނައި އެއްޗެހިތައްވެސް ރަށުން ގެންގޮސްފައެވެ. ބ.ތުޅާދޫއަކީ ރާއްޖޭގެ ނިސްބަތުން ފަޅުބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.