އެމްޑީޕީ ހަރުގެ ޖަލްސާގައި އަމީރު ވާހަކަދައްކަވަނީ... ފޮޓޯ: އެމްޑީޕީ
ހަބަރު
06 Feb 2025 | 23:03
ރިޔާސީ ބަޔާނުގައި ޤައުމަށް މަންފާކުރާނޭ ކަމެއް ހިމެނިފައެއްނެތް: އަމީރު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ޤައުމަށް މަންފާކުރާނޭކަމެއް ހިމެނިފައެއް ނެތްކަމަށް އެމްޑީޕީ ސަރުކާރުގެ މާލީވަޒީރު އިބްރާހިމް އަމިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ރިޔާސީ ބަޔާނާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރައީސް ޑރ.މުއިއްޒު މަޖިލީހުގައި މިއަދު ދެއްވީ ރިޔާސީ ބަޔާނެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެމްޑީޕީ މެމްބަރުން މަޖިލީހުން ނެރުއްވައި ދެއްވި އެ ބަޔާނަކީ މިދިޔަ ފަހަރުވެސް ދެއްވި ބަޔާނުގެ ކޮޕީއެއްގެ ގޮތުގައި އަމީރު ސިފަކުރެއްވިއެވެ. އަމީރު ވިދާޅުވީ މިފަހަރުގެ ރިޔާސީ ބަޔާން ދެއްވިއިރު، މީގެކުރިން ދެއްވި ރިޔާސީ ބަޔާނުގައި ބުނި އެއްވެސްކަމެއް ހާސިލްވެފައިނުވާކަމަށެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުގެ ދެވަނަ އަހަރު ފެށިގެންމިދަނީ އެއްވެސްކަހަލަ ރޭވުންތެރި ކަމެއްނެތި ކަމަށާއި، ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ނުހެދޭ ބަޔަކަށް 20 އަހަރުގެ ޕްލޭނެއް ހެދޭނެ ހަމައެއް ނޯންނާނެ ކަމަށެވެ. އަމީރު ވިދާޅުވީ މިދިޔަ ރިޔާސީ ބަޔާނުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރާނޭކަމަށް ރައީސް ޑރ.މުހައްމަދު ވިދާޅުވިއިރު، ހަޤީޤީ މާނާގައި އެކަންކުރިތަން ފެނިގެން ނުދިޔަ ކަމަށެވެ.

ސިޔާސީ މަޤާމުތައް މަދުކޮށް އެއަދަދު 700 އަށްވުރެ ބޮޑުނުވާނޭކަމަށް ވިދާޅުވިއިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތައް 3،000 ހާހުން މައްޗަށް އަރައިގެން ގޮސްފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ. 

ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަންވެގެން އަޅުގަނޑުމެނަށް ހީލަތް ހަދަންވެގެން މިނިސްޓްރީގައި ހުރި މީހަކު ބަދަލުކޮށްފާނެ ގޮސް އެއަށްވުރެ ބޮޑު މުސާރައިގަސަރުކާރު ހިއްސާވާ ކުންފުންޏަކަށް.

އަމީރު ވިދާޅުވިއެވެ

މީގެ ކުރީ އަހަރު ދެއްވި ރިޔާސީ ބަޔާނުގައި ސަރުކާރު އޮފީސް އިމާރާތެއް ހުޅުމާލޭގައި އަޅަން ފަށާނޭކަމަށް ވިދާޅުވިއިރު، އަހަރެއް ފާއިތުވެގެންދިޔައިރު އެކަންވެސް ކޮށްފައިނުވާކަމަށެވެ. އަދި ދެފުށްފެންނަ ގޮތަށް ސަރުކާރުގެ ކަންކަން ކުރައްވާނޭކަމަށް ވިދާޅުވިއިރު، މިހާތަނަށް އުޅުއްވީ ނޫސްވެރިންނާވެސް ފިއްލަވައިގެންކަމަށް އަމީރު ވިދާޅުވިއެވެ. 

އަމީރު ވިދާޅުވީ މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ގެއްލިގެންދިޔައިރު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދަށަށް ގޮސްފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ. މިގޮތުން ހާއްސަ ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން  ވަރަށްބޮޑަށް ދަށަށްގޮސް މަސްކާރުހާނާގެ މަސައްކަތް ދަށަށްގޮސްފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

ކޮމެންޓް
އަހުދުނާމާ
ކަލޭމެންގެ 5 އަހަރު ވެސް އެއްވެސް މަންފާވާ ކަމެއް ނުކޮއް 124 ބިލިއަނުން ދަރުވާލީ
07 Feb 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.