އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު: ފޮޓޯ/ ވޮއިސް
ހަބަރު
07 Feb 2025 | 08:25
ރައީސް މުޢިއްޒުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ގައުމު ނުދަރައި ސަލާމަތްކުރުން: ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ދިވެހި ގައުމު ނުދަރައި ސަލާމަތްކުރުން ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އިއްޔެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ދެއްވި ރިޔާސީ ބަޔާނާއި ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމްގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި 125 ބިލިއަނަށް އަރާ ކަމަށެވެ. އަދި އޭގެ 60 އިންސައްތައަށްވުރެ ގިނަ ދަރަންޏަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އުފެއްދި ދަރަނި ކަމަށެވެ. 

(ނިމިދިޔަ ސަރުކާރުން އުފެއްދި ދަރަނީގެ) ބޮޑުބައި އެއީ ރެވެނިޔު ނުއުފައްދާނެ ރިކަރަންޓް އެކްސްޕެންޑިޗަރ އަށް ނަގާފައި ހުރި ދަރަނި. މިއީ ވިޔަފާރިއެއް ކުރާއިރުވެސް ބަޔަކު ކަން ކުރާނެ ގޮތެއް ނޫން. އާމްދަނީއަކާ ޓައި ކޮށްފައެއްނޫން ހުރީ. އާމްދަނީ ނުލިބޭ، ރިކަރަންޓް އެކްސްޕެންޑިޗަރ އަށް ނަގާފައި ހުރި ދަރަނި. އެއްވެސް މަޝްރޫޢެއް ފެށިގެން ނިމިގެން އާމްދަނީއެއް ލިބޭނެ އެއްވެސް ކޮޅެއް މެދެއް އެއްވެސް އަލިކަމެއް ނެތް ފެންނާކަށް

އިކޮނަމިކް މިނިސްޓަރ ސަޢީދު

މީގެ އިތުރުން، ސަޢީދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕްކޮށް ދިވެހި ރުފިޔާގެ އަގު އޮތީ ވަރަށް ބޮޑަށް ވައްޓާލާފައި ކަމަށެވެ. އަދި ދަރަނި ބޮޑުވެ ދިވެހި ފައިސާގެ އަގު ދަށްވެފައި އޮތް އިރުވެސް، ފައިސާ ޗާޕް ނުކުރައްވާނެކަން ވަރަށް ސާބިތު ކަމާއެކު ވިދާޅުވެ ރައީސް މުޢިއްޒު އެގޮތަށް އަމަލު ކުރެއްވި ކަން ސަޢީދު ފާހަގަކުރެއްވިއެވެ. އެފަދައިން ކަން ކުރެއްވީ ފައިސާ ޗާޕުކުރުމުން ގައުމަށް ލިބޭނެ ގެއްލުން ވިސްނިވަޑައިގަންނަވާތީ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

ރައީސް މުޢިއްޒުގެ ސީދާ އިރުޝާދާއެކު، ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް އެކްޕާޓުންނާއި މިނިސްޓަރުން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއަކީ މިއަދު ގައުމު ނުދަރައި އޮތުން. ހަގީގަތުގައި ރައީސް މުޢިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީ އަކީ ގައުމު ނުދަރައި ސަލާމަތް ކުރުން. އެއީ އަޅުގަނޑު އެއް ޖުމްލައިން ސިފަކުރާނެ ގޮތަކީ 

އިކޮނަމިކް މިނިސްޓަރ ސަޢީދު

މީގެ އިތުރުންވެސް، ސަޢީދު ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ސަރުކާރު ކުންފުނި ތަކުގައި 9.1 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. ”ސަލާމަތުން އޮތް އެންމެ ކުންފުންޏެެއްވެސް ނެތް“ ކަމަށާ، ނަމަވެސް އެ ހާލަތުވެސް އެމަނިކުފާނު ބަދަލުކުރެއްވި ކަމަށް ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިގްތިޞާދީ ހާލަތު ރަނގަޅުވެ، މި އަހަރު ރާއްޖޭގެ އިގްތިސޯދު %6.4 އިން ކުރިއަރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އިއްޔެގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. 

އަދި މިދިޔަ އަހަރު ނިމުނު އިރު ރަސްމީ ރިޒާވްގައި 673.2 މިލިއަން ޑޮލަރު ހުރިއިރު، 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އެމަނިކުފާނު ވަނީ ލަފާކުރައްވާފައެވެ. 

މީގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް މާ ބޮޑުކޮށް ހިންގުމުގެ ސަގާފަތް ނައްތާލައި، ދައުލަތުގެ މާލިއްޔާއިން ކުރަމުންދާ ހަރަދުތައް ހަމަ މަގަށް އެޅުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު އަމާޒަކީ މި އަހަރުގެ ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނި މަދުކުރުން ކަން ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ