އެއަރ އެމްބިއުލާންސް: ފޮޓޯ/ މޯލްޑިވިއަން
ހަބަރު
07 Feb 2025 | 13:14
ވިލިނގިލީ މަންމައާއި ދަރިފުޅު ނިޔާވުން؛ އެއަރ އެމްބިއުލާންސް އޮޕަރޭޓް ކުރީ ބޭނުންވާ އާލާތްތަކާ އެކު: މޯލްޑިވިއަން

ގއ. ވިލިނގިލީގައި ބުދަ ދުވަހު ނިޔާވި މާބަނޑު އަންހެން މިީހާއާއި އޭނާގެ ދަރިފުޅު އިތުރު ފަރުވާއަށް މާލެ ގެނައުމަށް އެއަރ އެމްބިއުލާންސ އޮޕަރޭޓް ކުރީ ދެމައިންނަށް ބޭނުންވާ އާލާތްތަކާ އެކު ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

ސިޒޭރިއަން ހެދުމަށް ފަހު އިތުރު ފަރުވާއަށް އިތުރު ފަރުވާ ނުލިބި ލަސްވެގެން ނިޔާވެފައި ވަނީ، ގއ ވިލިނގިލީ ޒަމާނީވިލާ ޝިއުނާ ތައުފީގާއި ޝިއުނާ ވިހެއި އޭނާގެ 3 ވަނަ ދަރިފުޅެވެ.

އެދެމައިން ނިޔާވީ، އެއަރ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ނުފުރި ލަސްވުމުގެ ސަބަބުން ކަމަށް ވިލިނގިލީ ކައުންސިލްގެ މެންބަރަކު ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވާފައެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެއަރ އެމްބިއުލާންސް އޮޕަރޭޓްކޮށްފައިވަނީ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްއާއި ގުޅިގެން، ދެމައިން މެޑިކަލް އިވެކުއޭޓް ކުރުމަށް ބޭނުންވާ އާލާތްތަކާއެކު ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ.

އަދި މި ހިތާމަވެރި ހާދިސާގައި ނިޔާވި އަންހެންމީހާ އަށާއި ދަރިފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރާ ކަމަށާއި، އާއިލާގެ ފަރާތްތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރާ ކަމަށްވެސް މޯލްޑިވިއަންގެ ފަރާތުން ބުނެފައިވެއެވެ.

"ވޮއިސް" އަށް މަޢުލޫމާތު ދެމުން ގއ. ވިލިނގިލީގެ ރައްޔިތަކު ބުނެފައިވަނީ، ބަނޑަށް 8 މަސް ފުރުނު އެ ބަލިމީހާ ސިޒޭރިއަން ހަދައި، އޭގެ ފަހުން ހޭނާރައިގެން ދަރިފުޅާއެކު ދެމީހުން ވެންޓިލޭޓަރަށް ލާންޖެހުނު ކަމަށެވެ. އަދި ސިޒޭރިއަން ހެދި ވަގުތުވެސް ބަލިމީހާ ހުރީ ވަރަށް ބޮޑަށް އަރިދަފުސް ރޯގާ ޖެހިފައި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. 

މި ހާދިސާއާ ގުޅިގެން އިތުރު ފަރުވާއަށް އެ ދެމައިން މާލެ ގެންދިއުމަށް ލަސްވުމުން ރަށުގެ ބައެއް ރައްޔިތުން ހޮސްޕިޓަލް ކުރިމަތީގައި އަޑުގަދަކޮށް ނުރުހުންވުން ފާޅުކޮށްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ ހެލްތު މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.