ފުވައްމުލައް ސިޓީ... ފޮޓޯ: ޓްރިޕް އެޑްވައިޒަރ
ހަބަރު
08 Feb 2025 | 09:07
ފުވައްމުލަކުގެ ޑްރަގް ނެޓްވޯކް ހުއްޓުވިއްޖެ: އިހުސާން

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކް އެއްކޮށްހެން ހުއްޓުވިއްޖެ ކަމަށް ދާހިލީ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ "ރިޔާސީ ބަޔާން 2025 ފޯރަމް"ގައި ވާހަކަ ދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަަމުން ވަޒީރު ވަނީ އަތޮޅުތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ތަންތަނާއި ދެކޮޅަށް ހާއްސަަ އޮޕަރޭޝަންތައް ކުރިއަށްގެންދާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖެއަށް ޑްރަގް އެތެރެ ކުރެވޭ މަގު ބަންދުކޮށް،  ލޯ އެންފޯސްމެންޓްގެ ޑިޕާޓްމެންޓްގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސްގައިވާ ޓާސްކް ފޯސްއެއްގެ ޒަރިއްޔާއިން އިންޓަލިޖެންސް ބޭސްކޮށް ޑްރަގް އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކުގައި ހިންގި ޑްރަގް ނެޓްވޯކެއް އެއްކޮށްހެން ހުއްޓުވިފައިވާ ކަމަށް އިހުސާން ހާމަކުރެއްވިއެވެ. 

މިިދިޔަ އަހަރު ކާމިޔާބު ކަމާއެކު އަޅުގަނޑުމެން ވާނީ އެއް އަތޮޅު އެއްކޮށް ކަހަލަ ގޮތަކަށް ނިންމާފައި. ޏ. އަތޮޅު ފުވައްމުލަކުގައި ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން، މީހުންނަށް ދެމުންގެންދާތަން އެއްކޮށް ހުއްޓުވާ އެކަންކަން ކުރަމުން އައި މީހުން ހިފާ ހައްޔަރުކޮށް، އޭގެ އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑަރިންގެ ކުށުގައި ހައްޔަރުކޮށްފައި

ދާހިލީ ވަޒީރު ޢަލީ އިހުސާން ވިދާޅުވިއެވެ

ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު ފުވައްމުލަކުގައި ހުސްވި އަހަރު ތެރޭގައި ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް "ވެށި ރައްކަލް'' ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވެއެވެ. ފުލުހުންގެ މުއައްސަސާއިން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގެ ދަށުން ރަށުގެ އެކި ގޭބީސީތައްް ބަލާފާސްކޮށްފައި ވެއެވެ. 

ނިމިގެންދިޔަ 2004 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކޮށްފައި ވެއެވެ.

ކޮމެންޓް
ކިޔުންތެރިޔާ
ރ.މާކުރަތުގެ ޑްރަގް ނެޓްވޯކް ހުއްޓުވާދީބަލަ އާދޭސްކޮށްފައި ބުނަން
08 Feb 2025
ބަކަރި
ހުސްދޮގު އަލާ އިހްސާނު ތިހަދަނީ
08 Feb 2025
ވޯޓް ވިއްކި ގަމާރު
ނެޓް ވޯކް ހުއްޓުނަސް ބޭނުންވަރަކަށް ގަންނަން ލިބޭ......
08 Feb 2025
ވޯޓް ވިއްކި ގަމާރު
މަނިކުފާނު މޮޅިއްޔާ ކުޅުދުއްފުށީ ނެޓް ވޯކް ރޫޅާލަބަލަ.... ޗެލެންޖް ކޮށްފަ މިބުނީނު ވާނެ ސަބަބަކީ ދެކުނު ދާއިރާ މެމްބަރު ކޮއްކޮ ވީމަ ވަރަށް ވެދުން
08 Feb 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.