ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް
ހަބަރު
08 Feb 2025 | 12:12
ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ޢަބްދުއްރަހީމް ބޭރުކޮށްފައެއް ނުވާނެ: ފަލާހް

ޕީއެންސީގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ ބޭރުކޮށްފައިނުވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. 

ވެރިކަން ކުރަމުންދާ މައި ޕާޓީ، ޕީއެންސީގެ ގްރޫޕްތަކުން މަޖިލީސް ރައީސް ބޭރުކުރިކަމުގެ ވާހަކަތަކެއް މީސްމީޑިއާގައި ދަނީ ދެކެވެމުންނެވެ. މިކަމާ ގުޅޭގޮތުން "ވޮއިސް" އަށް މިކަން ކަށަވަރުކޮށްދެއްވަމުން ފަލާހު ގްރޫޕުން ޢަބްދުއްރަހީމް ވަކިކުރިކަމަށް ދައްކާ ވާހަކަތަކަކީ "ބޮޑު ދޮގެއް" ކަމަށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ބަލާއިރު،މަޖިލީސް ރައީސް ވަޓްސްއެޕް ގްރޫޕްތަކުން ބޭރުކޮށްފައިވަނީ، ޕީއެންސީގެ ލީޑަރ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށެވެ. 

ޢަބްދުއްރަހީމާ ގުޅޭގޮތުން ފަހަކަށް އައިސް މިފަދަ ވާހަކަތަކެއް ފެތުރެމުންދަނީ އެމަނިކުފާނުގެ ދަރިކަލުންކަމަށްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހީމް އެމަޤާމުން ވަކިކުރެއްވި ފަހުންނެވެ. ފައިސަލް ވަކިކުރެއްވުމާއެކު ޢަބްދުއްރަހީމާ ރައީސް ޑރ.މުއިއްޒުގެ ގުޅުން ގޯސްވެފައިވާކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ބުނިނަމަވެސް ޕީއެންސީން އެކަން ދޮގުކުރެއެވެ. ފައިސަލް މަޤާމުން ވަކިކުރެއްވުމަކީ ޕީއެންސީ ބައިބައިވުމުގެ ފެށުމުގެ ގޮތުގައި ސިޔާސީބައެއް ފަރާތްތަކުން ސިފަކުރަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ. 

މަޖިލީސް ރައީސްގެ ދަރިކަލުން ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރައްވާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރެއްވި ސަަބަބެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. އޭނާ މަޤާމުން ވަކިކުރެއްވުމަށްފަހު މިހާރު ޓޫރިޒަމް މިނިސްޓްރީ ވަނީ އެންވާރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.