އުލިގަމް... ފޮޓޯ: ފޮކްސް މޯލްޑިވްސް
ހަބަރު
09 Feb 2025 | 18:13
ކަދުރު ގެންދިޔަ މީހުން މަދުވުމުން، އުލިގަމް ކައުންސިލުން ދެވަނަ ފަހަރަށް ކަދުރު ބެހުމަށް އިއުލާނުކޮށްފި

ސަރުކާރުން ފޮނުވި ކަދުރު ބެހުމަށް ހއ.އުލިގަމު ކައުންސިލުން ކުރި ފުރަތަމަ ކުރި އިއުލާނަށް ރައްޔިތުންގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބުމުން، އަނެއްކާވެސް ކަދުރު ބެހުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

އުލިގަމަށް ބެހުމަށް ސަރުކާރުން ފޮނުވީ 18 ޕަކެޓް ކަދުރެވެ. ކަދުރު ބެހުމަށް ފުރަތަމަ ކުރި އިއުލާނަށްފަހު، އަދިވެސް 13 ޕަކެޓް ކަދުރު އެބައޮތްކަމަށް ކައުންސިލުން ބުނެއެވެ. އުލިގަމް ކައުންސިލުން ބުނީ ކަދުރު ބޭނުންވާ ފަރާތްތަކުން މާދަމައިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރުފަހު 2 ޖެހުމާ ދެމެދު އައިޑީކާޑާއެކު ކަރަންޓް މީޓަރު ނަމްބަރު ކަށަވަރުވާފަދަ ލިޔުމެއް ހިފައިގެން އައުމަށް އެދިފައެވެ.

އުލިގަމް ކައުންސިލުން ބުނީ ކަދުރު ދޫކުރެވޭނީ އިސްލާމިކް މިނިސްޓްރީން އަންގާފައިވާގޮތަށް މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރުބަލާ ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން 13 ޕަކެޓް ކަދުރު ހުސްވަންދެން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ބުދަދުވަހު، އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިހާތަނަށް 102،712 ގޭބިސީއަށް 22،163 ކަދުރު ޕަކެޓް ބަހާފައިވާކަމަށެވެ. އެއީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 46،251 ގޭބިސީއަށް ހަދިޔާކުރި 11،375 ޕަކެޓް ކަދުރާއި، ކައުންސިލްތަކުން 56،461 ގޭބިސީއަށް ދޫކުރި 10،788 ޕަކެޓް ކަދުރެވެ.

ކަދުރު ބެހުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެފައިވަނީ، ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރި  ރޯދައިގެ ކުރިން ކަދުރު ބަހާ ނިންމާނޭކަމަށެވެ. ސައުދީ ސަރުކާރުން ވަނީ މިފަހަރުވެސް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. ޑރ.ޝަހީމް ވިދާޅުވީ، މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނޭ ކަމަށެވެ.

ރޯދަމަހު ސައުދީން ހަދިޔާކުރާ ކަދުރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާއިރު، ގިނަ ބަޔަކު އެ ކަދުރަށް އިންތިޒާރުކުރާކަން ފާހަގަކޮށްލެވެއެވެ. މި ފަހަކަށް އައިސް ބައެއް އަހަރުތަކުގައި ކަދުރު ލިބިފައިވަނީ ރޯދަމަސް ނިމެން ކައިރިވެފައިވަނިކޮށެވެ. 

ކޮމެންޓް
Mohamed abdullah
އަހަރުމެގެއައްނުލިބޭކަދުރެއްސަރުކާރުންބަހަނިވަކިބައެކައް
09 Feb 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.