ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ---ފޮޓޯ: ވޮއިސް. އެމްވީ
10 Feb 2025 | 12:24
މަޖިލީހުގެ ރައީސްކަމަށް ގާސިމްގެ ޝައުގުވެރިކަމެއް ނެތް: ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ޝައުގުވެރިކަން ނުގެންގުޅޭކަމަށް ޖޭޕީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙު ވިދާޅުވެއްޖެއެވެ. 

މީޑިއާތަކަށް މިއަދު ފޮނުއްވެވި މެސެެޖެއްގައި ޢަލީ މިފަދައިން ވިދާޅުވީ، ޔާމީންގެ ޕާޓީ އިން ދާދި ބަހުން ބޭއްވި ޖަލްސާއެއްގައި ޖޭޕީ ލީޑަރ ޤާސިމް އިބްރާހީމްާއާއި ބެހޭގޮތުން ދެއްކެވި ވާހަކައިގެ ރައްދުގައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވާން އުޅޭކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ހީފުޅުވިޔަސް އެކަން ޖުމްހޫރީ ޕާޓީއަށް އެނގިފައިނުވާ ކަމަށް އޭނާ ފޮނުއްވި މެސެޖްގައި ވެއެވެ. އަމިއްލަ ހޮޅުއަށީގައި އިނދެގެން ޤާސިމާމެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ރައީސް ޔާމީން ދެއްކެވި ވާހަކަ ޖުމްހޫރީ ޕާޓީން ކުށްވެރިކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީބަޔާން ދެއްވި ދުވަހު މަޖިލިސްކުރާ ގޭގައި ޤާސިމް ނޫސްވެރިންނާއި ބައްދަލު ކުރެއްވީ މިއަދުގެ ސިޔާސީ މަސްރަހާއި ގައުމުގެ ހާލަތާމެދު އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަށް ކަމަށް ޖޭޕީ އިން ވަނީ ބުނެފައެވެ. އެ ބައްދަލުވުމުގައި ޤާސިމް ވަނީ ޔާމީނަށް ފާޑު ވިދާޅުވެފައެވެ. އަދި ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވީ ކުރީ ސަރުކާރުތަކުގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ. އެކަމުގެ ރައްދުގައި ރައީސް ޔާމީނު ރޭ ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްކަމުގެ މަޤާމް ގާސިމް ބޭނުންފުޅުވާކަމަށެވެ.

ޔާމީން މި މޭރުމުން ވާހަކަދައްކަވަމުންދާއިރު މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މަޤާމުން ވަކިކުރައްވަން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައި ވެއެވެ. މި ވާހަކަ ފެތުރިފައިވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް މިނިސްޓަރުކަމުން ވަކިކުރެއްވިފަހުންނެވެ. ނަމަވެސް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހީމް ފަލާހު ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ.

ކޮމެންޓް
ސައްލި
ވަރަށް ބޭނުންވާނެ.
10 Feb 2025
ގުޅޭ ލިޔުންތައް
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި