ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން---ފޮޓޯ: ރައްޔިތުންގެ މަޖިލީސް
10 Feb 2025 | 17:13
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް!

އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބެން ނުޖެހޭ ބަޔަކަށް ގޯތި ދިން މައްސަލައާއި ގުޅިގެންނެވެ.

ހައި ކޯޓުން އިއްޔެ މިގޮތަށް ނިންމީ އެ މައްސަލައަކީ ދަށު ކޯޓަށް ހުށަހަޅައިގެން ބަހުސްކޮށް އަދި މުރާޖާ ކުރުމުގެ ފުރުސަތު އޮތް މައްސަލައަކަށް ވާތީ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

ބިންވެރިޔާ ސްކީމް މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގަކަށް މިދިޔަ އަހަރުގެ ޑިސެމްބަރ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އަކްރަމްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. އަކްރަމްއަކީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިން ދޫކުރުމަށް އުފެއްދި ހާއްސަ ހައުސިން ކޮމިޓީގެ ޗެއާއެވެ. 

ފުލުހުން މިހާރު ތަހުގީގުކުރަމުންދާ ބިންވެރިޔާ މައްސަލާގައި އަކްރަމް ވިދާޅުވެފައިވަނީ، ބިންވެރިޔާ ސްކީމުން އުސޫލާ ހިލާފަށް ގޯތިދިން މައްސަލަ ބެލުމުގައި ފުލުހުން ވަރަށްބޮޑަށް ސިޔާސީވެފައިވާކަމަށެވެ. މި މައްސަލާގައި އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމުން ގޯތި ދިނުމަށް ކުރީ ސަރުކާރުން އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކުރިއަށްގެންގޮސްފައި ނުވާނޭ ކަމަށެވެ.

ކޮމެންޓް
ާސައްލި
ތިޔަ އަކުރަމަކީ ނުލަފާމީހެއް. ދަފްތަރު މީހުންނަށް ގޯތި ނުދީ ގޯތި ބަހާލި މަކަރުވެރިއެއް.
10 Feb 2025
ގުޅޭ ލިޔުންތައް
16 Jul 2026
ހުކުރުދުވަހު ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ
ކަރަންޓް ކެނޑޭނީ ހެނދުނު 6 ކުން ފެށިގެން 7 ޖެހުމާ ހަމަޔަށް ވަގުތުކޮޅަކަށް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
16 Jul 2026
ހަންކެޑެ ތަރައްޤީކުރަން ކުންފުންޏެއް
މި ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު ޤަރާރު 12/2026 ޤަރާރުންނެވެ
16 Jul 2026
ސިފައިންގެ އަސާސީ ތަމްރީނުތައް ނިންމި ދެ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފި
މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނުތައް ނިންމި ބައިވެރިން ހުވާކުރުމެވެ
16 Jul 2026
އާސަންދައިގެ ހިދުމަތް ހޯދަން އިތުރު ފަސޭހައެއް
އާސަންދަ ކުންފުނިން މިފަހަރު ވަނީ ރ އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީ އާ ދެމެދުގެ ގިނަ އަތޮޅުތަކެއްގައި ކައުންޓަރުތައް ގާއިމްކޮށްފައެވެ.
16 Jul 2026
ނުގަވައިދުން އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް ބުންޏެވެ
16 Jul 2026
ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތެވެ
16 Jul 2026
އީރާނާ ހަނގުރާމަކުރަން އެމެރިކާގެ ގިނަ ރައްޔިތުން ނުރުހޭ
ޕޯލްގައި ކުރިއަށްގެންދިޔަ ސާވޭއިން ދެއްކިގޮތުގައި ހަނގުރާމަ އަދި އެއް އަހަރަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް އެމެރިކާގެ 46 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ވަނީ ހާމަވެފައެވެ
16 Jul 2026
ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ ދިޔާނާއަށް ރުހުންދޭން
ކޮމިޓީގެ ނިންމުމަށްފަހު ދެން ފާސްކުރުމަށް ހުށަހަޅާނީ ރައްޔިތުން މަޖިލީހުގެ ތަޅުމަށެވެ