ހިލޭ ޑިގްރީ ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޞާލިޙް ވާހަކަ ދައްކަވަނީ: ފޮޓޯ/ ޕީއެސްއެމް
ހަބަރު
14 Feb 2025 | 14:07
ހިލޭ ޑިގްރީ ޕްރޮގްރާމަކީ ވެރިކަމުގައި ކުރެވުނު އެންމެ ފަޚުރުވެރިވާ އެއް މަސައްކަތް: ރައީސް ޞާލިހް

ހިލޭ ޑިގްރީ ޕްރޮގްރާމަކީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެވުނު އެންމެ ފަޚުރުވެރިވާ އެއް ކަންތައް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. 

މިއަދަކީ އެ ޕްރޮގްރާމް ފެށުނުތާ 6 އަހަރު ފުރޭ ދުވަސް ކަމަށް ފާހަގަކުރައްވައި، ރައީސް ޞާލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޕްރޮގްރާމްގެ ސަބަބުން ހިލޭ ތަޢުލީމް ހާސިލް ކުރުމުގެ ފުރުސަތު ހުޅުވިގެންދިޔަ ކަމަށެވެ. 

"މިއަދަކީ އަޅުގަނޑުމެން ހިލޭ ޑިގްރީ ޕްރޮގްރާމް ފެށިތާ 6 އަހަރު ފުރޭ ދުވަސް. މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވުނު. މިއީ ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑު އެންމެ ފަޚުރުވެރިވާ އެއް ކާމިޔާބީ،" ކުރީގެ ރައީސް ޞާލިހް ވިދާޅުވިއެވެ. 

އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު، 18,000 އަށްވުރެ ގިނަ ދިވެހި ޒުވާނުން މި ޕްރޮގްރާމްގެ ދަށުން ޑިގްރީ ކޯސްތަކުގައި ބައިވެރިވެފައިވާ ކަމަށާއި، 8,500 ޒުވާނުން ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށްވެސް ރައީސް ޞާލިހް ފާހަގަކުރެއްވިއެވެ. 

"ތަޢުލީމަކީ ހުރިހާ އެންމެން އެއް ހަމައަކަށް ގެނެސްދޭ އެއްޗެއް. އަދި ޒުވާނުންނަށް ކުރިއަށް ދިއުމަށާއި ޤައުމު ބިނާކުރުމަށް ފުރުސަތު ހުޅުވައިދޭ އެއްޗެއް. މި ޕްރޮގްރާމްގެ ކާމިޔާބީއަކީ މިކަމުގެ ހެއްކެއް،" އެމަނިކުފާނު ވިދާޅުވިއެވެ. 

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ކުރީގެ ރައީސް ޞާލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު ފެށުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، އިސްލާމީ ޔުނިވަރސިޓީއާއި، އަމިއްލަ ކޮލެޖުތަކުން ކިޔެވުމުގެ ފުރުސަތުލިބެއެވެ.

ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް މުޅި ކޯސް ހިލޭ ކޮށްފައިވާއިރު، އަމިއްލަ ކޮލެޖުތަކުން ޑީގްރީ ހަދާ ދަރިވަރުންގެ ކޯހުގެ ވަކި އިންސައްތައެއް ސަރުކާރުން ހަމަޖައްސާގޮތަށް ވަނި މި ސްކީމްގައި ހިމަނާފައި ވެއެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ކޯސް ފީ ހިލޭކޮށްދެނީ %40 އާއި %60އާ ދެމެދުގެ އަދަދުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.