އެމްއޭސީއެލްގެ މުވައްޒަފުން "ރޯދަ ސާފު" ޕްރޮގްރާމްގައި---ފޮޓޯ: އެމްއޭސީއެލް
ހަބަރު
15 Feb 2025 | 16:53
“ސާފު ރޯދަ” ޕްރޮގްރާމް މާލޭގައި ކުރިއަށް ގެންގޮސްފި

“ސާފު ރޯދަ” ނަމުގައި  މާލޭގައި ސާފުކުރާ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. 

މިއީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ރޯދައަށް މާލެ ސާފުކުރުމުގެ މަޤްޞަދުގައި ބާއްވާ މި ޙަރަކާތް އިންތިޒާމްކުރި ދެ ވުޒާރާގެ އިތުރުން ތިރީގައިވާ މުއައްސަސާތަކުން މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ސިޓީސް މިނިސްޓްރީ އިން މައުލޫމާތުދީފައި ވެއެވެ. 

1. މިނިސްޓްރީ އޮފް އެޑިޔުކޭޝަން

2. މިނިސްޓްރީ އޮފް ޑިފެންސް

3. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

4. މިނިސްޓްރީ އޮފް ހެލްތު

5. އެމްޓީސީސީ

6. އާސަންދަ ކޮމްޕެނީ ލިމިޓެޑް

7. ސްޓެލްކޯ

8. އެމްޑަބްލިޔޫއެސްސީ

9. ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް

10. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

11. މޯލްޑިވްސް ގޭސް

12. ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗް

13. ވަޒީފާއާ ބެހޭ ޓްރެބިއުނަލް

14. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސް

15. މީރާ

16. ޓެކްސް އެޕީލް ޓްރަބިއުނަލް

17. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

18. ރައްޔިތުންގެ މަޖިލީހުގެ އިދާރާ

19. ވެމްކޯ

20. މާލޭ ސިޓީ ކައުންސިލްގެ އިދާރާ

 މި ޙަރަކާތުގައި މާލެތެރެއާއި، މާލޭގެ މުހިންމު ސަރަޙައްދުތަކެއް ސާފުކޮށްފައި ވެއެވެ. އެ ގޮތުން އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަޙައްދާއި، ހެދިގޮނޑުދޮށު ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަޙައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ސާފުކޮށްފައި ވެއެެވެ. 

"ރޯދަ ސާފު" ޙަރަކާތުގައި،  މާލެއެކޭ އެއް ގޮތަށް އަތޮޅުތެރޭގައި ހުރި ޕަބްލިކް ވާރކްސް ޔުނިޓުތަކުންނާއި، ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ބައިވެރިވަމުންދާ ކަމަށް ސިޓީސް މިނިސްޓްރީ އިން ބުނެފައި ވެއެވެ. 

އެވޭލާ ޒަމާނުން ފެށިގެން ރޯދައަށް ގޯތިގެދޮރު ސާފުކޮށް، ގޯތިގެދޮރުގެ އާބާތުރަފިލުވުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ދިވެހިންގެ ސަޤާފަތުގެ ރީތި އާދައެއް ވެސް މެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.