ލޯކަލް މާރކެޓް ---ފޮޓޯ: ވޮއިސް
ހަބަރު
18 Feb 2025 | 14:45
ކެއިންބުއިމުގައި އާއްމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް މޮނީޓާކުރަނީ!

ކުރިއަށްއޮތް ރަމަޟާންމަހު ބާޒާރުގައި އާންމުކޮށް ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ބޮޑުވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ރަމަޟާންމަހު ބާޒާރުގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ކަންކަމާބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ރޯދަމަހު ކާބޯތަކެތީގެ އަގުތައް ބޮޑުވެދާނެތީ ސަރުކާރުން ދުރާލާ އެކަމަށް ތައްޔާރުވެފައިވާކަމަށެވެ. މިގޮތުން މީގެ ހަމަސްކުރިން އެކަމަށް ތައްޔާރުވަމުން އައިސްފައިވާކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.

ރޯދަމަހު ބާޒާރުގައި ދިވެހިން އެންމެ އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ބޮޑުވިޔަނުދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ގުޅިގެން ކާބޯތަކެތި ޑިސްޓްރިބިއުޓްކޮށް އެސްޓީއޯ މެދުވެރިކޮށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް މާކުރިންވެސް މިނިސްޓްރީ އިން ކުރިއަށްގެންދާ ކަމަށެވެ. އެސްޓީއޯއާއި ހޯލްސޭލް ފަރާތްތަކާއި ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެހެން ތަންތަނުގައި ތަކެތީގެ އަގު އުފުލެމުންދާ ދުވަސްވަރެއްގައިވެސް ރާއްޖޭގައި ކެއިންބުއިމުގެ ބާވަތްތައް ދަތިކަމެއްނެތި ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެެއްވިއެވެ. 

މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އަސާސީ ތަކެތީގެ އަގުތައް އެއްވެސް ސަބަބަކާއި ނުލާ ބޮޑުކުރާނަމަ، މިނިސްޓްރީއިން އެކަމެް ބަލާނޭކަމަށެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަަކަށް މޮނީޓާ ކުރުމުގެ ތެރެއިން އަގަށް އަންނަ ބަދަލުތައް ބަލަމުންގެންދާނޭކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ތަކެތީގެ އަގު ބޮޑުވަމުންދާ މައްސަލައަށް ހައްލެއް ގެނައުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން  ރަމަޟާން މަހަށް ހާއްސަކޮށް ވަކި ނިޒާމެއް ތައާރަފްކުރާނޭކަމަށް ބުނެފައެވެ. އެ ސިސްޓަމް މެދުވެރިިކޮށް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމްގެ އިތުރުން އާންމު ރައްޔިތުންނަށްވެސް  އަގާއި ބެހޭ މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.