ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު--- ފޮޓޯ: ވޮއިސް
ހަބަރު
19 Feb 2025 | 11:41
މިއަހަރު ތެރޭ އައު ފިނޭންސް މިނިސްޓަރެއް އައްޔަންކުރާނެ: އަމީރު

މިއަހަރު ތެރޭގައި އައު ފިނޭންސް މިނިސްޓަރެއް މި ސަރުކާރުން އައްޔަންކުރާނެ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. 

އަމީރު މިގޮތަށް ވިދާޅުވީ ރޭ އެމްޑީޕީން ބޭއްވި ހަވަރު ބެރު ޕެނަލްގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. 

މި ޕެނަލްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ސިނގިރެޓް ޑިއުޓީން 5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ޑިއުޓީގެ ގޮތުގައި ސިނގިރެޓުން 100 މިލިއަން ރުފިޔާ ލިބުނުކަން އަމީރު ފާހަގަކުރެއްވިއެވެ. އަމީރު ވިދާޅުވީ ދައުލަތަށް ލިބޭނޭ ކަމަށް ސަރުކާރުން ޖައްސަވާ ހިސާބު ދިމާނުވާކަމަށެވެ. އެހެންކަމުން ދައުލަތުގެ އާމްދަނީ މިހާރު ހުރިގޮތަށް ބަލައި، ސަރުކާރުން ސިނގިރެޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 1.1 ބިލިއަން ރުފިޔާއާއި ގާތަށްވެސް އާމްދަނީއެއް ނުލިބޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ ބަޖެޓުގައި 10 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އޮތްއިރު، ސަބްސިޑީ ރިފޯމް ގެނެސްގެން ސަލާމަތްވާނެ ކަމަށް ސަރުކާރުން ބުނި 7.7 ބިލިއަން ރުފިޔާވެސް ސަލާމަތްނުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. ގާތްގަނޑަކަށް 29.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ޑިއުޓީއާއި ޓެކްސްފަދަ އެކި ގޮތްގޮތުން ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރި ނަމަވެސް އެއިން 5 ބިލިއަނެއްހާ ރުފިޔާވެސް ދައުލަތަށް ނުލިބޭނެ ކަމަށް އަމީރު އަންދާޒާކޮށްފައި ވެއެވެ. 

އެހެންކަމުން، ނިމިދިޔަ އަހަރަށްވުރެ މިއަހަރުގެ ޑެފިސިޓްވެސް ބޮޑުވާނެ ކަމަށް އަމީރު ވިދާޅުވެފައި ވެއެވެ. ދައުލަތުގެ މާލީ ނަތީޖާތައް މިހާރު ފެންނަގޮތުން ކުރިއަށްއޮތް ތަނުގައި މާލީ ވަޒީރުކަމަށް އެހެން ބޭފުޅަކު އައްޔަނުކުރާނޭކަމަށް އަމީރު ވަނީ ފާހަގަކުރއްވާފައެވެ.

މިއަހަރު ނިމުމުގެ ކުރިން މިހާރު ހުރި ފިނޭންސް މިނިސްޓަރވެސް ބަދަލުކުރާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އަމީރު މިފަދައިން ވިދާޅުވެފައިވާއިރު ޒަމީރަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވުމަށްފަހު މި ސަރުކާރުގެ ކެބިނެޓް އެކުލެވިއިރު ހާރިޖީ ވުޒާރާގެ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ޒަމީރު ފިނޭންސަށް އައްޔަނުކޮށްފައިވަނީ، މި ސަރުކާރުން އެންމެ ފުރަތަމަ ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ޑރ. މުޙައްމަދު ޝަފީގު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.