20 Feb 2025 | 10:31
ނިއުމޯނިއާއިން ރައްކާތެރިވުމަށްކުރާނެ ގިނަކަންތައްތަކެއް އިސްލާމްދީން ވަނީ ގެންނަވާފައި: ޑރ. ފައިޞަލް

ނިއުމޯނިއާއަކީ ފުއްޕާމޭގައި ޖެހޭ އިންފެކްޝަނެކެވެ. މިބަލި ޖެހުމުގެ ނުރައްކާ ބޮޑުވަނީ 65 އަހަރުން މަތީގެ މީހުންނަށާއި، ސިނގިރެޓް ބޯ މީހުންނަށާއި، ފުއްޕާމެއާ ގުޅުންހުރި ބަލިތައް ހުންނަ މީހުންނަށެވެ.

މި ބަލީގެ އަލާމާތް ތަކުގެ ތެރޭގައި ހިމެނެނީ؛

ހުން އައިސް ހީކެރުވުން

ކެއްސުން

ނޭވާ ކުރުވުން

މެޔަށް ތަދުވުން

ވަރުބަލިވުން

މި ޢަލާމާތްތައް ނިޔުމޯނިޔާ ޖެހޭ ކޮންމެ މީހެއްގެ ކިބައިން ނުފެނިވެސް ހިނގައިދާނެއެވެ. 

ނިޔުމޯނިޔާއަށް ފަރުވާ ކުރުމަށް އެންޓިބަޔޮޓިކްސް ބޭނުން ކުރާއިރު، ގަވާއިދުން އެންޓިބަޔޮޓިކް ކާންޖެހޭ ވަގުތުގައި އެ ކެއުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. 

އަދި މި ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށްވެސް ޑޮކްޓަރުން އެދިލައްވައެވެ. އެގޮތުން ޑޮކްޓަރުން އިރުޝާދު ދެއްވާ ކަންކަމަކީ؛

• ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ބަނގުރާ ބުއިން ފަދަ ކަން ކަމުން ދުރުހެލިވުން

• ގަވައިދުން ދަތް އުނގުޅުން

• އޮށޯވެ އޮވެ ނުކެއުން

• ލަސްލަހުން ރަނގަޅަށް ހަފައިގެން ކެއުން

މިކަންކަމަށް ބަލާއިރު، މީގެ ތެރެއިން ގިނަ ކަންކަމަކީ އިސްލާމްދީނުގައިވެސް އަހަރެމެންނަށް އަންގަވާފައިވާ އާދަތައް ކަން ފާހަގަކޮށްލަންޖެހެއެވެ. 

އެގޮތުން، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ބަނގުރާ ބުއިން އިސްލާމް ދީނުގައި ވަނީ ޙަރާމް ކުރައްވާފައެވެ. އަދި ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު ދަތް އުނގުޅުމަށް އިސްލާމްދީން އިރުޝާދު ދޭއިރު، ކޮންމެ ނަމާދަކަށް ދަތް އުނގުޅުމަކީ ސުންނަތުން ސާބިތުވާ ރިވެތި އާދައެކެވެ. 

މީގެ އިތުރުން، އިށީނދެ އިދެ ކެއުމާއި، ރަނގަޅަށް ހަފައިގެން، ލަސްލަހުން ކެއުމަށް އިސްލާމްދީނުގައި އަހަރެމެންނަށް ވަނީ އަންގަވާފައެވެ. އެއީ ކެއުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ. 

ކޮމެންޓް
ޝިފާން އަޙްމަދު
ކޮވިޑް ވެކްސިން ޖަހައިގެން ކުއްލި މަރާއި ކެންސަރު އިންތިހާ އަށް ގިނަވެފައިވާ އިރު، އަދިވެސް މި ވެކްސިން އިސްތިހާރުކޮށް އުޅުމަކީ އިންސާނިއްޔަތު ނައްތާލުތަމަށް ކުރާ މަސައްކަތެއް.
20 Feb 2025
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.