ރައީސް ޑރ.މުއިއްޒު މާއެނބޫދޫ ރައްޔިތުންނާ ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Feb 2025 | 11:05
އީއައިއޭ ނިމުނުހާ އަވަހަކަށް މާއެނބޫދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ: ރައީސް ޑރ.މުއިއްޒު

އީއައިއޭ ރިޕޯޓްގެ މަސައްކަތް ނިމުނުހާ އަވަހަކަށް ދ.އަތޮޅު މާއެނބޫދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ.އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ  ޒިޔާރަތުގައި މިއަދު މާއެނބޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ބިމުގެ މައްސަލައަކީ މިރަށުގެ ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމެއް އޮންނަ އެއް މައްސަލަ ކަމަށެވެ.

ރައީސް ވިދާޅުވީ މާއެނބޫދޫ ރައްޔިތުން އެންމެ ބޭނުންވާ ކަންތަކަކީ މި ސަރުކާރުންވެސް އެންމެ އިސްކަންދެއްވާނޭ ކަންތައްކަމަށާއި، އެގޮތުން އީއައިއޭ ރިޕޯޓްގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނޭ ކަމަށެވެ.ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަންދޭނީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ އަމާޒަށް ވާސިލްވުމަށް ކަމަށެވެ. 

މާއެނބޫދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން ރައްޔިތުން ބޭނުންވާގޮތަށް 2 ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިއްކަިއދޭނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑަށް ސީދާ ތާރީހެއް ނުދެއްނެވުނަސް އަޅުގަނޑު ގަބޫލުކުރަނީ އީއައިއޭ ފާސްކުރަން ދެން ނުނަގާނެ މާގިނަ ހަފްތާތަކެއް.ދެތިން ހަފްތާގެ ތެރޭގައިވެސް އެކަން ނިމިދާނެ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ބިން ހިއްކުމުެގ މަޝްރޫޢުގެ އިތުރުންވެސް ހުއްޓިފައި ނުފެށި ހުރި މަޝްރޫޢުތައް މާއެނބޫދޫގައި ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފެނާ ނަރުދަމާގެ މަސައްކަތްތައް ފަދަ ހުއްޓިފައިހުރި މަސައްކަތްތައް ވަރަށް އަވަހައްފެށިގެންދާނޭކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުޅިވަރުގެ ވަސީލަތްތަކާއި، ރިޔާސީ ކެމްޕެއިނުގައި މާއެނބޫދޫއަށް ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ މިއަދު ދެއްވާފައެވެ.

މާއެނބޫދޫއަށް ކުރި ޒިޔާރަތުގައި ރައީސް މިއަދު ވަނީ އެރަށުގެ ސިއްހީމަރުކަޒަށް އަލަށް އިތުރުކުރި ބައި ހުޅުވައިދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.