ރައީސުލްޖުމްހޫރިއްޔާ (ކ) އިމްރާން އަބްދުﷲ (ވ)
ހަބަރު
24 Feb 2025 | 15:18
އިމްރާން ނިކުންނަވައިފި، ވިދާޅުވީ ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށް

ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ, ސަރުކާރާ ދެކޮޅަށް ނިކުންނަވާނެ ކަން އިއުލާނު ކުރައްވައިފި އެވެ.

ބެންކޮކުގައި މި ވަގުތު ވިޔަފާރި ކުރައްވާ އިމްރާން މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަން ކުރެއްވި އިމްރާން, ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ނިކުންނަވާނެ ކަން ހާމަ ކުރެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ނިންމުމާއި ގުޅިގެންނެވެ. މިއީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމަށް ކުރައްވަން އުޅުއްވާ ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ދެކެ އެވެ.

އިމްރާންގެ ޕޯސްޓްގައި ވިދާޅުވީ ރައްޔިތުންނަށް ފައިދާއެއް, ހެޔޮ ކަމެއް ކޮށްދީ ދައުލަތުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދޭތޯ އެއްޗެއް ނުބުނެ ވަރަށް ކެތްކުރައްވައިފި ކަމަށެވެ.

އަދި ވިދާޅުވީ ރައްޔިތުންނަށް ބޮޑު ކަމެއް ނުކޮށްދެވޭތާ މުޅި ނިޒާމު ފުނޑަމުން ގޮސް ސުޕްރީމް ކޯޓުގައި އަތްލީމާ ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށެވެ.

އިމްރާނަކީ ރައީސް ނަޝީދާއި ރައީސް ވަހީދާއި ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ވެސް ނިކުންނަވާ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށް ވިދާޅުވެ އިމްރާން ވާހަކަ ދެއްކެވިއިރު އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ރައީސް ސޯލިހްގެ ސަރުކާރުން މުޅި ސުޕްރީމް ކޯޓް އެކަށް ބަދަލުކުރި އެވެ. އަދި ހައިކޯޓާއި ކްރިމިނަލް ކޯޓްގެ އެތައް ފަނޑިޔާރުންނެއް ބަދަލުކުރި އެވެ.

އިމްރާން, ސިޔާސީ މަސައްކަތާ މިވަގުތު ދުރުގައި ހުންނެވީ ބެންކޮކުގައި ދިރިއުޅުއްވާތީ އެވެ. އެ ގައުމުގައި ހުންނެވީ ފަހުން ކައިވެެނި ބައްލަވައިގެން އަނބިކަނބަލުން އެ ގައުމުގައި ކިޔަވާ ވިދާޅުވާތީ އެވެ. 

ކޮމެންޓް
މޮހޮނު
ތިޔައީ މީހެއްނޫން.
25 Feb 2025
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.