އެމްޓީސީސީ ބަހެއް: ފޮޓޯ/ ވޮއިސް
ހަބަރު
26 Feb 2025 | 10:42
ރަމަޟާން މަހަށް އެމްޓީސީސީ، ފެރީ އަދި ބަސް ދަތުރުތަކުގެ ގަޑިތަކަށް ބަދަލުގެނެސްފި

ކުރިއަށް އޮތް ރޯދަ މަހު އެމްޓީސީސީން ދެމުންދާ ފެރީގެ ޚިދުމަތްތަކާއި، މާލެ ސަރަހައްދުގައި ދޭ ބަހުގެ ހިދުމަތުގެ ގަޑިތަކަަށް ބަދަލު ގެނެސްފިއެވެ. 

އެގޮތުން، އެމްޓީސީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން އެ ކުންފުނިން ދޭ ބަހާއި ފެރީގެ ހިދުމަތްތުގެ ޝެޑިއުލަށް އަންނާނެ ބަދަލުތައް އިއުލާނުކޮށްފަ އެވެ.

އެގޮތުން، މާލެ އާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އާ ދެމެދު ދޭ އާރުޓީއެލް ބަހުގެ ހިދުމަތް ފަށާނީ ހެނދުނު 7 ޖަހާއިރު ކަމަށެވެ. އަދި ރޯދަ ވީއްލާ ވަގުތަށް ހަވީރު 5 ޖަހާއިރު ހިދުމަތް މެދުކަނޑާލުމަށްފަހު، ދެން ދަތުރުތައް ފަށާނީ ރޭގަނޑު 7:20ގައި ކަމަށް ބުނެފައިވެއެވެ. މި ދަތުރުތައް ރޭގަނޑު 12 ޖެހުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

މީގެ އިތުރުން، މާލެ ތެރޭގައި، ދަތުރުތައް ވެސް ފަށާނީ ހެނދުނު 7 ޖަހާއިރު ކަމަށާ، ރޯދަ ވީއްލާ ވަގުތަށް ހަވީރު 6 ޖަހާއިރު ހިދުމަތް މެދުކަނޑާލުމަށް ފަހު، ރޭގަނޑު 9 ޖަހާއިރު އަލުން ދަތުރުތައް ފަށައި 12 ޖަހަންދެން ހިދުމަތް ދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބަހުގެ ޚިދުމަތުގެ އިތުރުން، އެމްޓީސީސީން އަންނަނީ، 20 އަތޮޅެއްގައި 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ފެރީގެ ޚިދުމަތްވެސް ދެމުންނެވެ. އަދި ފެރީ މެދުވެރިކޮށް މުދާ އުފުލުމުގެ ކަންކަންވެސް ކުރިއަށް ދާތީ، ވީހާ ވެސް ބޮޑަށް ރައްޔިތުންނަށް ލުއި ފަސޭހަވާނެހެން ރޯދަމަހު އެ ހިދުމަތް ދިނުމަށް މަސައްކަތް ކުރާ ކަމަށް އެމްޓީސީސީން ބުނެއެވެ. 

އެގޮތުން، ރޯދަ މަހުގެ ދަތުރުތައް ރާވާފައިވަނީ ކޮންމެ ރޫޓެއްގެ އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިން ނިމޭ ގޮތަށް ކަމަށާ، ރޯދަ މަހުގެ އެއްވެސް ހުކުރެއްގައި ފެރީ ދަތުރުތަކެއް ނޯންނާނެ ކަަމަށް ބުނެފައިވެއެވެ. 

ފެރީ ދަތުރުތަކާއި ބަސް ދަތުރުތަކުގެ ތާވަލް އެމްޓީސީސީގެ ވެބްސައިޓުން ފެންނާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ