Advertisement

ފަނޑިޔާރު ސުއޫދު، މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެންމެ ނިންމައިފިއެވެ.

އެ ބޭފުޅުން ސަސްޕެންޑްކުރީ ޖޭއެސްސީން ބަލާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައިވެއެވެ.

މި ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވައިލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު 11:00 އަށް ތާވަލް ކޮށްފައިވަނިކޮށް، އެ ވަގުތު ޖެހެން ވަރަށް ކުޑަތަން ވެފައި ވަނިކޮށެވެ.

Advertisement

އަދި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ފާސްކުރިތާވެސް ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

އެ ބިލް މަޖިލީހުގެ ކޮމިޓީން އިއްޔެ ހަވީރު ފާސްކުރުމުން، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ، އެ ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ބިލަށް ލަފާ އަރުވާފައެވެ. 

އެގޮތުން، ގާނޫނުގައިވާ ގޮތް ސާފުކޮށް ބަޔާންކޮށް ދެއްވަމުން ފިލްޒާ ވިދާޅުވީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެެއް ޖޭއެސްސީއަށް ހުށަހެޅިގެން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް ހިސާބަށް އައުމުން ކަމަށެވެ. މިވަގުތު އެފަދަ ހާލަތެއް ނެތް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، ޖޭއެސްސީން އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ފެށުމާއެކު، މިހާރު އެފަދަ ހާލަތެއް ވަނީ އުފެދިފައެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement