ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ފަހުމީ
ހަބަރު
26 Feb 2025 | 22:38
ރަމަޟާންމަހުގެ ކަރަންޓްބިލަށް މަދުވެގެން 10 އިންސައްތަ ނުލިބޭ ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނެ: ފަހުމީ

ކުރިއަށްއޮތް ރަމަޟާންމަހުގެ ކަރަންޓްބިލަށް މަދުވެގެން %10 ނުލިބޭ ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނޭކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރަމަޟާންމަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

އެކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ރައްޔިތުންނަށް އޮޅޭގޮތަށް ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރޯދަ މަހުގެ ބިލްތަކަށް ޑިސްކައުންޓް ދެވިގެންދާނީ ރައީސް ޑރ. މުއިއްޒު އަންގަވާފައިވާ ގޮތަށް ރައްޔިތުންނަށް ހަރަދުކުޑަ އަދި އެންމެ ލުއި ފަސޭހަ ވެގެންދާނެގޮތަށް ކަމަށެވެ.

ޑިސްކައުންޓް ދެވޭނެ ގޮތަކީ 2024 ވަނައަހަރުގެ ކަރަންޓު އެންމެ ގިނައިން ބޭނުންކޮށްފައިވާ ފެބްރުއަރީ، މާރޗް އަދި އޭޕްރީލް މަސް އުނިކުރުމަށްފަހު ބާކީ އޮންނަ 9 މަހުގެ ކަރަންޓް ބިލްގެ އެވްރެޖަކީ، ޢާއްމު މަސްތަކުގަ ކަރަންޓް ބޭނުންކުރާ މިންވަރު ކަމަށް ބަލައި، އެމިންވަރަށްވުރެ އިތުރަށް މިރޯދަމަހު ބޭނުންކުރާ މިންވަރު ރޯދައިގެ ޑިސްކައުންޓްގެ ގޮތުގައި ދިނުން

ފަހުމީ ވިދާޅުވިއެވެ

ފަހުމީ ވިދާޅުވީ އާއްމު މަސްތަކުގައި ކަރަންޓް ބޭނުންކުރާ އެވްރެޖަށްވުރެ މިރޯދަމަހު ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވިނަމަވެސް، އެފަދަ ފަރާތްތަކަށްވެސް %10 ގެ ޑިސްކައުންޓް ލިބޭނޭ ކަމަށެވެ. މީގެ އިތުރުން 9 މަސް ދުވަހުގެ އެވްރެޖް ނެގެން ނެތް ތަންތަނަށްވެސް %10 ޑިސްކައުންޓު ލިބިގެންދާނޭ ކަމަށާއި ޖުމްލަކޮށް ދަންނަވާކަމަށްވާނަމަ އެންމެ މަދުވެގެން %10 ނުލިބޭ އެއްވެސް ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނޭ ކަމަށެވެ.

ފަހުމީގެ ޕޯސްޓް

ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ރޯދަ މަހު ކަރަންޓުން ޑިސްކައުންޓް ދިނުމަށް ވަކި ބިލެއް ތައްޔާރު ކުރަން ނިންމާ މާލެ ސަރަހައްދުގެ ހުރިހާ ގޭބީސީތަކަކުން ރީޑިން ނެގުމަށް އެކުންފުނީގެ 350 އަށްވުރެ ގިނަ މުވައްޒަފުން މާދަމާ ނިކުތުމަށް ނިންމާފައެވެ. ސްޓެލްކޯ އިން މިއަދު ބުނެފައިވަނީ، އާއްމު ގޮތެއްގައި ރީޑިން ނެގުމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވަނީ 29 މުވައްޒަފުންކަމަށެވެ. ނަމަވެސް މާދަމާ ސްޓެލްކޯގެ 350 އަށްވުރެ ގިނަ މުވައްޒަފުން ރީޑިން ނެގުމަށް ނިކުންނާނެ ކަމަށާއި، އޭގެ ތެރޭގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްްމީއާ އިސްވެރީން ވެސް ބައިވެރިވެވަޑައިގަންނަވާނޭކަމަށް ޤައުމީ އިންޖީނުގެއިން ބުންޏެވެ.

ހާއްސަ ޓާސްކު ފޯހެއް ހަދައިގެން ރީޑިން ނަގަން ނިންމީ ކުރީ އަހަރު ކުރިމަތިވި މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.