ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ހަބަރު
27 Feb 2025 | 12:07
ސަރުކާރުގެ އަމާޒު ހުރިގޮތުން ރާއްޖެއަށް ބޭރުން ފައިސާ ހޯދޭނެ މަގުތައް ވެސް ބަންދުވަމުންދާނެ: އަމީރު

ސަރުކާރުގެ މިހާރު އަމާޒު ހުރި ގޮތުން ރާއްޖެއަށް ބޭރުން ފައިސާ ހޯދޭނެ މަގުތައް ވެސް ބަންދުވަމުންދާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފަށް ކަންކަން ކުރަމުން އަންނަ ކަމަށާ، އިގްތިޞާދު ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އަޅައި ދަރަނި ކުޑަކުރަން މަސައްކަތް ނުކުރާ ކަމަށް އެމްޑީޕީން ތަކުރާރުކޮށް ބުނަމުން އަންނައިރު، އަމީރު ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައިވެސް ވަނީ ރާއްޖެއަށް ކުރިއެރުމެއް އޮތީ ހެޔޮވެރިކަމެއް ކޮށްގެން ކަމަށް ވިދާޅުވެފައެވެ. 

މިއީ ބެލަރުސް އެއް ނޫން، މިއީ ރަޝިޔާ އެއް ނޫން ހިތުހުރި ގޮތަކަށް އަނިޔާވެރި ޚުދުމުހުތާރު ވެރިކަމެއްކުރަން. މި ޤައުމަކު ތެޔޮ ނޫނީ އެހެން މައުދަނެއްވެސް ނެތް އެކްސްޕޯޓްކުރަން. ރާއްޖެއަށް ކުރިއެރުމެއް އޮތީ ހެޔޮވެރިކަމެއް ކޮށްގެން.

އިބްރާހީމް އަމީރު

ކަންމިހެން ހުރި ނަމަވެސް، ސަރުކާރުގެ މިހާރު އަމާޒު ހުރި ގޮތުން ރާއްޖެއަށް އިންވެސްޓްކުރަން ތިބި އިންވެސްޓަރުންގެ އިތުބާރު ގެއްލި އިންވެސްޓްކުރަން ޖެހިލުންވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި، ޕްރޮޖެކްޓްތައް ހިންގަން އަދި ދަރަނި ދައްކަން ސަރުކާރަށް ހެޔޮ އަގުގައި ފައިސާ ބޭނުންވާނެ ކަމަށާ، ނަމަވެސް ސަރުކާރުން ކަން ކުރަމުން އަންނަ ގޮތުން ރާއްޖެއަށް ބޭރުން ފައިސާ ހޯދޭނެ މަގުތައް ވެސް ބަންދުވަމުންދާނެއެވެ.

އަދި މިހާރުވެސް ރާއްޖޭގައި ފަތުރުވެރިކަން ފިޔަވައި ގިނަ އިޤްތިސާދީ ދާއިރާތައް ހުރީ އެއްކޮށް ހުއްޓިފައި ކަމަށާ، ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

ހަމަ އެހެންމެ، ގިނަ ކުންފުނިތައް ހުރީ ބަނގުރޫޓްވާ ހާލަތުގައި ކަމަށް ވާއިރު، އިޤްތިސާދީ ގޮތުންނާއި މާލީ ގޮތުން ކުރިޔަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް އަމީރު ލަފާކުރައްވައެވެ.

”ސަރުކާރުގެ ނާޤާބިލް ކަމުންނާއި ޚުދުމުޚްތާރު ސިޔާސަތުތަކުގެ ސަބަބުން ހުރިހާވެސް ގެއްލުމެއް އޮތީ ރައްޔިތުންނަށް.“ އަމީރު ވިދާޅުވިއެވެ.

ކޮމެންޓް
ދަންޑަހެލު
ދިވެހިރާއްޖެ ބަނގުރޫޓްކޮށްލި އިޤްތިޞާދީ ޕްރޮފެސަރު ކޮންމެހެން ރައީސް ޑރ .މުޢިއްޒުގެކާނެކަމެއްނެތް 😄😄😄😄😄
27 Feb 2025
އަހުދުނާމާ
ކަލޭމެން ކުރީ ކޮން ކަހަލަ ވެރިކަމެއްތޯ. ކަލޭމެން ނުކުރާ ކަމެއް އަދި މިސަރުކާރަކައް ނުކުރެވޭނެ
27 Feb 2025
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.