މިނިސްޓަރު މުއްތަލިބު އަދި މިނިސްޓަރު ހައިދަރު
ހަބަރު
27 Feb 2025 | 21:02
ހައިދަރަށް ފްލެޓް ދޭން ކުރީ ސަރުކާރުން ވެސް އޮތީ ނިންމާފައި: މުއްތަލިބު

މިނިސްޓަރު ޑރ. އަލީހައިދަރު އަހްމަދުގެ ދެ ކަނބަލުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ފޯމަށް ކުރީގެ ސަރުކާރުން ޕޮއިންޓް ދިނުމަށްފަހު 15 ނޮވެންބަރު 2023 ގައި ނެރުނު ލިސްޓުގައި 75 ޕޮއިންޓް ލިބިގެން ފްލެޓްލިބޭ މީހުންގެ ލިސްޓްގައި އެފަރާތްތައް އޭރުވެސް ހިމެނިފައި އޮތް ކަމަށް މިނިސްޓަރު މުއްތަލި ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރަން ނިންމި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް، މި ސަރުކާރުން މިއަދު ވަނީ އާއްމުކޮށްފައެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި މިނިސްޓަރު ހައިދަރުވެސް ހިމެނިވަޑައިގަންނަވައެވެ.

އެފަދަ ސްކީމަކުން މިނިސްޓަރަކަށް ފްލެޓް ލިބޭތީ އާންމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރަމުން ދެ އެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބު މިރޭ ވިދާޅުވީ އޭރު އެކުލަވާލާފައިވާ އުސޫލުގެ ދަށުން މާލެއަށް އުފަން މާލޭގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ ޝަރުޠު ހަމަވާއިރު، އޭސީސީގެ އެންގުމަށް މިސަރުކާރުން ފޯމުތައް އަލުން ވެރިފައިކުރިއިރު، ވެރިފިކޭޝަންގެ ތެރެއިން ޝަރުޠު ހަމަނުވާ ނުވަތަ ޕޮއިންޓަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަވެފައެއް ނެތް ކަމަށެވެ.

އެހެންކަމުން ކުރީގެ ސަރުކާރުން ނެރުނު ލިސްޓުގައި ލިބިފައިވާ ޕޮއިންޓަށް ބަދަލެއް ނައިސް މިއަދު ނެރުނު ލިސްޓުގައިވެސް ހައިދަރުގެ ނަން ހިމެނިފައި ވަނީ ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ހައިދަރު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ލިބިވަޑައިގެންނެވި ފްލެޓް ދޫކޮށްލުމަށް ނިންމަވާފައިވަނީ އޭނާ އާއި އަނބިކަނބަލުން މަރިޔަމް ތައުފީގަށްވުރެ ބޮޑަށް ފްލެޓްލިބުން އައުލާކަންބޮޑު މީހުން ލިސްޓްގައި ތިބިކަމަށް ދެކިވަޑައިގަންނަވާތީއެވެ. ހައިދަރު ވަނީ ހާލަތުގެ ގޮތުން ދެމަފިރިންނަށް ލިބިވަޑައިގެންނެވި ފްލެޓް ލިބިގަތުމަށް އުޒުރުވެރިވާކަންވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ފަތިރު
މިމީހުންނަށް ކަމެއްލިބުނީމާ މިނޫންދުވަހެއްވާކަންވެސް ނޭންގޭދޯ ހެއްދެވިހާ ދޮގެއްމިހަދަނީ
27 Feb 2025
ޜ
ޝަރުތު ހަމަވި ގޮއި ކިޔާދީބާ އޭރުން އެގޭނީ
27 Feb 2025
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.