ރައީސް ޑރ.މުއިއްޒު ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Feb 2025 | 22:02
އެމްޓީސީސީ ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭ އާ ހިސާބު މަގު ތާރުއަޅައި ތަރައްޤީކުރަނީ!

ބޮޑުތަކުރުފާނުމަގުގެ އެމްޓީސީސީ ފެރީޓާމިނަލުން ފެށިގެން އެމްއެމްއޭ އާ ހިސާބު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޒުއްދީން ފާލަން މަރާމާތުކޮށް ނިންމުމަށްފަހު އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކވަަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރަމަޟާންމަސް ނިމުމާއެކު ބޮޑުތަކުރުފާނުމަގު އެ ސަރަހައްދު ތަރައްޤީކުރަން ފައްޓަވާނޭކަމަށެވެ. ރައީސް ވިދާޅުވީ އެ ސަރަހައްދު ތަރައްޤީކުރުމަށްފަހު މިއަހަރު ނިމެންވާއިރަށް ބޭނުންކުރަން ފަށާނޭކަމަށާއި، މިހާރު އެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ފީޒިބިލިޓީ ހަދައި، ދެންވެސް ކުރަންޖެހޭ ކަންކަން ކުރައްވަމުން އަންނަކަމަށެވެ. 

ރައީސް ވިދާޅުވީ އެ މަޝްރޫޢުއަކީ ހަމަ ޔަގީނުންވެސް ހިނގާނެ މަޝްރޫޢުއެއް ކަމަށާއި، އެ މަޝްރޫޢުއައް ބޭނުންވާ ފައިނޭންސްވެސް ހަމަޖެހިފައިވާކަމަށެވެ. މިހާރުދެން ކުރަން އޮތީ އެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ކަންކަންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސ ްވިދާޅުވީ ބޮޑުތަކުރުފާނުމަގުގެ އެ ސަރަހައްދު ބޮޑުކުރުމުގެ ގޮތުން ޝީޓްޕައިލްކޮށް ހިއްކާނޭ ކަމަށެވެ. 

އެމްޓީސީސީ ފެރީޓާމިނަލުން ފެށިގެން އެމްއެމްއޭ އާ ހިސާބު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްޤީކުރުމަށް ނިންމަވާފައިވާކަން ރައީސް ވިދާޅުވިއިރު، ކުރީގެ ސަރުކާރުންވެސް ވަނީ އެ ސަރަހައްދު ތަރައްޤީކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ކުރުމުގެ އަމަލީ މަސައްކަތާ ހިސާބަށް ގޮސްފައެއް ނުވެއެވެ. ރައީސް ވިދާޅުވީ ބޮޑުތަކުރުފާނުމަގުގެ އެ ސަރަހައްދުގެ އިތުރުން، މާލެ އާއި ވިލިމާލޭގެ މަގުތައްވެސް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ފައްޓަވާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.