މަސްދަޅުކިއު
ހަބަރު
27 Feb 2025 | 22:11
ރަމަޟާންމަހާ ދިމާކޮށް މަސްދަޅުކޭސް ބަހާ ގަޑިތަކަށް ބަދަލުތަކެއް!

ރަމަޟާންމަހާ ގުޅިގެން ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމި މަސްދަޅުކޭސް ބަހާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ މާދަމާ މަސްދަޅު ދޫކުރުން ކުރިއަށްގެންދާނީ، 21:30 ފެށިގެން 23:30 ހަށް ކަމަށެވެ. ޖެހިގެން އަންނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމަށްވާތީވެ، އެދުވަހު މަސްދަޅުބެހުން ނޯންނާނެއެވެ. 

ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް މަސްދަޅުބެހުން މެދުކަނޑާލިނަމަވެސް، މާޗްމަހުގެ ދެވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ރެއެއްގެ 21:30 ހުން ފެށިގެން 23:30 ހަށް މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށްދާނެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން އެންމެފަހުން ބުނެފައިވަނީ މާލޭގެ 15،000 ހާހަށްވުރެ ގިނަ ގޭބިސީއަށް މަސްދަޅުކޭސް ބަހާފައިވާކަމަށެވެ. ރޯދަމަހާ ގުޅިގެން ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމި މަސްދަޅުކޭސް، ޓޯކަން މެދުވެރިކޮށް ނެގޭނޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވަނީ މިކަމަށް ހާއްސަ ޕޯޓަލެއް ހަމަޖައްސާފައެވެ. އެ އިދާރާއިން ބުނީ https://roadhahadhiya.mv ޕޯޓަލް މެދުވެރިކޮށް ކިއު ނަމްބަރު ނެގޭނޭކަމަށެވެ.  

މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:

- މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން

- އެމް.ޓީ.ސީ.ސީ ސޯމިލް: 200 ޓޯކަން

- ހެންވޭރު ދަނޑު: 100 ޓޯކަން

- ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން

- ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން

- ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން

- ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން

- ސޯޝަލް ސެންޓަރު : 100 ޓޯކަން

- ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން

- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން

- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން

- ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން

- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން  

މަސްދަޅުކޭސް ބަލާ އަންނައިރު އެ އަންނަ ފަރާތެއްގެ އައިޑީކާޑާއި ވޭތުވެދިޔަ ތިން މަސްދުވަހުގެ ކަރަންޓްބިލް ގެންނަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް