ރޭގެ ހަރުގެ ޖަލްސާގައި ރޮޒައިނާ ވާހަކަދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު
28 Feb 2025 | 13:35
އެމްޑީޕީ ވެރިކަމުގައި ކަންކަން ރަނގަޅު ކަމުން ޒުވާނުން ވިސްނާނެ މާބޮޑު ކަމެއް އޭރަކު ނެތް: ރޮޒައިނާ

އެމްޑީޕީ ވެރިކަމުގައި ކަންކަން ރަނގަޅު ކަމުން ޒުވާނުން ވިސްނާނެ މާބޮޑު ކަމެއް އޭރު ނެތް ކަމަށް ކުރީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. 

ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒައިނާ ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. 

އެގޮތުން ވިދާޅުވީ، ރައީސް ޞާލިޙް ކުރައްވަމުންދިޔަ ހެޔޮ ވެރިކަމުގެ ސަބަބުން އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަން ތަކުރާރުކޮށް ވިދާޅުވަމުން ދިޔަ ކަމަށާ، ނަމަވެސް އެގޮތަށް އެކަން ނުކުރުމުން ރާއްޖެ ފަހަތަށް ދާތަން މިހާރު ފެންނަމުންދާ ކަމަށެވެ. އަދި އެފަދައިން ކަންކަން ވަމުންދާއިރުވެސް ޒުވާނުން އެކަންކަމާމެދު ޒުވާނުން ވިސްނާތަން ނުފެންނަ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. 

ޒުވާނުން އެކަންކަމާ މާބޮޑަށް ވިސްނާތަނެއް ނުފެނޭ. ފަހަރުގައި ނުވިސްނާ އެ ތިބެނީ، މިދިޔަ ފަސްއަހަރު، އެމްޑީޕީ ވެރިކަމުގެ ފަސް އަހަރުގެ ވެރިކަމުގައި ކަންކަން ދިޔަލެއް ރަނގަޅުކަމުން ކަމަށްވެސް ވެދާނެ. މާ ބޮޑު ވިސްނާނެ ކަމެއް އޭރަކު ނެތް. ހިލޭ ޑިގްރީއަށް ކިޔެވޭ. ހުރިހާ ކުދިންނަށް ހަމަހަމައަށް ފުރުސަތު ހުރި. ނޫސްވެރިންނަށް މިނިވަންކަން އޮތް. މިނިވަން މުވައްސަސާތައް މިނިވަން. ޖުޑިޝަރީ މިނިވަންކަމާއެކު މަސައްކަތް ކުރި. ޕީޕީއެމް މީހުންނަށްވެސް ބޭނުން ޚިޔާލެއް ފާޅުކުރެވުނު. އެހެންވީމާ އޭރު ސުކޫލު ނިންމާފައި އައި ކުދިން އައީ އުފާވެރި މާހައުލަކަށް. 

ރޮޒައިނާ އާދަމް

ކަންމިހެން ހުރި ނަމަވެސް، މިހާރު ފެންނަމުންދަނީ ބިރުވެރި ރާއްޖެ އެއް ކަމަށާ، އުފާވެރިކަން މި ރާއްޖެއިން ނުފެންނަ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެހެންކަމުން ޒުވާނުންވެސް އެކަންކަމާމެދު ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ، ޒުވާނުން ލޯޔަރުކަން ކިޔަވަނީ މުސްތަގުބަލުގައު ފަނޑިޔާރަކަށް ވުމުގެ އުއްމީދުގައި ކަމަށާ، ނަމަވެސް، މިހާރު ފެންނަމުންދަނީ އެ ހައްގު އަންހެން ކުދިންގެ ކިބައިން ނިގުޅައިގަންނަން މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ. އަދި އެގިތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށާ ޒުވާން އަންހެން ކުދިންވެސް އެކަމާމެދު ވިސްނާަލަންޖެހޭ ކަމަށް ވިދާޅުވުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.