މާލޭ މަގުމަތި: ފޮޓޯ/ ވޮއިސް
ހަބަރު
28 Feb 2025 | 14:14
ރަމަޟާން މަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލާ ގަޑިތައް އާއްމު ކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލާ ގަޑިތައް އާއްމު ކޮށްފިއެވެ. 

އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވާގޮތުން، ރަމަޟާން މަހުގެ 1 ވަނަ ދުވަހުން 19 ވަނަ ދުވަހަށް، އަދި ޝައްވާލު މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހަށް، މާލޭ ސަރަހަައްދުގައި ބަރު އުޅަނދާއި، ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދު ތަކުގައި މުދާ އުފުލޭނީ އަންނަނިވި ވަގުތު ތަކުގައެވެ. 

* 9:30 އިން 16:30އަށް

* 20:00 އިން 6:00 އަށް 

ހެނދުނު 6:00 އިން 9:30 އަށް އަދި ހަވީރު 16:30 އިން ރޭގަނޑު 8:00 އަށް އެފަދަ މުދާ އުފުލުން މަނާވާނެ ކަމަށް އިއުލާނުގައި ވެއެވެ. 

މީގެ އިތުރުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި، މާލޭ ސަރަހަައްދުގައި ބަރު އުޅަނދާއި، ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދު ތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން 16:30 އަށް އަދި 20:00 އިން 6:00 އަށް ކަމަށް ބުނެފައިވެއެވެ. 

އެނޫން ވަގުތު ތަކުގައި، (16:30 އިން 20:00) މުދާ އުފުލުން މަނާ ވާނެއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި، އެ އެންގުމާ ޚިލާފްވާ ފަރާތްތައް -/750 ރުފިޔާއިން ޖޫރިމަނާ ކުރވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.