އެމްޑަބްލިޔުއެސްސީ އިމާރާތް-.
ހަބަރު
28 Feb 2025 | 18:13
އެމްޑަބްލިޔުއެސްސީން ރަމަޟާން މަހުގެ ބިލްތަކަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހުފައިވާ ގޮތް ހާމަކޮށްފި

ރަމަޟާންމަހު، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާ ގޮތް ހާމަކޮށްފިއެވެ.  

އެމްޑަބްލިޔުއެސްސީން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނިން ފޮނުވާ ބިލްތަކުން ”އާއްމު މަހަކަަށްވުރެ ބޮޑު ނުވާނޭ ގޮތުގެ މަތީން“ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވަނީ އަންނަނިވި އުސޫލުގެ ތެރެއިން ކަމަށެވެ. 

1) އާއްމު މަހެއްގައި" ފެނާއި ކަރަންޓް ބިލުގެ މިންވަރު ކަމުގައި ބަލާނީ، 2024 ވަނ އަހަރުގެ ފެބްރުއަރީ، މާރތް އަދި އޭޕްރީލް މަސް ނުހިމަނައި އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވރެޖް މިންވަރު.

2) ކަނޑައެޅޭ "އާންމު މަހުގެ" ބިލުގެ މިންވަރަށްވުރެ އޭޕރިލްމަހު ތައްޔާރު ކުރެވޭ ބިލް ބޮޑު ނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހު ފޮނުވާ ބިލުން އުނިކޮށްދެވޭނެ

3) މިގޮތުން އުނިކުރެވޭ މިންވަރަކީ އޭޕްރީލް މަހު ފޮނުވާ ބިލްގެ %10 އަށްވުރެ ކުޑަމިންވަރެއް ކަމުގައިވާނަމަ، %10 އާއިއެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެ

4) 2025 އޭޕްރީލް މަހު ފޮނުވާ ބިލް، ”އާއްމު މަހުގެ“ ބިލަށއވުރެ ކުޑަ ނަމަ، ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހު ފޮނުވާ ބިލުން %10 ޑިސްކައުންޓް ދެވޭނެ.

5) އޭޕްރިލް މަހުގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި، ކުރިން ރެޖިސްޓަރ ކުރެވިފައިވީ ނަމަވެސް، މިހާތަނަށް ބިލް ކުރެވިފައިނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ 2025 އޭޕރިލް މަހު ފޮނުވާ ބިލް ކަމުގައިވާނަމަ، އެފަދަ ފަރާތްތަކަށްވެސް އޭޕްރީލް މަހު ފޮނުވާ ބިލުން %10 ޑިސްކައުންޓް ދެވޭނެ.

މިކަމާ ގުޅޭ އިތުރު އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ އެ ކުންފުނީގެ ކަސްޓަމަރ ކެއާސެންޓަރުގެ ހޮޓްލައިން 105 ގުޅުއްވުމުން ނުވަތަ 1050 ށް އެސް.އެމް.އެސް ފޮނުއްވުމުން ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމުން އެހީތެރިކަން ލިބޭނެ ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ