މިނިސްޓަރު ޝަހީމް ހަނދާ ބެހޭ ގަރާރުގައި ސޮއި ކުރައްވަނީ
ހަބަރު
28 Feb 2025 | 19:52
ރާއްޖެ އަށް މާދަމާ ރޯދަ، ރަމަޟާން މުބާރަކު

މާދަމާ އަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ދިވެހި ސަރުކާރުން ކަނޑައަޅާ ދެންމެ އެކަން އިއުލާނު ކޮށްފި އެވެ.

ހަނދާ ބެހޭ ބަޔާން އިއްވެވީ މިރޭ އޮތް ފަތުވާ ކޮމެޓީގެ ޖަލްސާއަށް ފަހު އެވެ.

މި ޖަލްސާގައި ހަނދު ސާބިތުވިކަން އިއުލާނު ކުރައްވާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން އިއްވަމުން ޑރ. މޫސާ އަންވަރު ހަސަން ވިދާޅުވީ ހިޖްރީ ސަނަތުން 1446 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ގައުމުތަކަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރްޢީ ހަމަތަކުން ސާބިތުވާތީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލް ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތީން މާރިޗު މަހުގެ 1 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މި ގަރާރު ވަނީ ރަމަޟާން މަހުގެ ރޯދައިގެ ފަރުޟުތައް އަދާކުރުމަށް ފަރުވާތެރިވުމަށާއި، މި މާތް މައްސަރުގައި މާތް ﷲ ގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ ޢަމަލުތައް ހިނަ ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަށް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ
09 Aug 2026
އެފްޑީސީގެ އަމާން ޓަވަރުތައް ކައިރިން 670 ޓަނުގެ ކުނި ނަގައިފި
ކުނިތައް ނެގުމުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކުރައްވަމުން މަލްޝާ ވިދާޅުވީ މިއަދުވެސް ކުނިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ
09 Aug 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑެން ކެންސަރު ބަލީގެ ތަހައްމަލުކުރަން އުނދަގޫ ވޭނެއްގައި
ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ.
09 Aug 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރިމެޗް އެއްވަރު
މި ސީޒަނުގައި އެސްޓަން ވިލާ ދޫކޮށް ޔުނައިޓެޑާ ގުޅުނު ޔޫރީ ޓީލެމަންސް، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އުންމީދީ ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ
09 Aug 2026
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ
ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ