މިހާރު އިމަރާތް ކުރަމުންދާ ފްލެޓްތައް
ހަބަރު
01 Mar 2025 | 14:20
ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ފްލެޓު ދޭން ކަނޑައަޅާފައިވާ 4000 މީހުންގެ ލިސްޓް ބެލުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ލިސްޓް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ފްލެޓަށް ޝަރުތު ހަމަވޭތޯ ބެލުމުގައި ލިސްޓު ސައްހަ ކުރުމުގައި މިނިސްޓްރީއިން ބަލާފައިވާނީ ދެ ކަމަކަށް ކަމަށެވެ. އެއީ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމާއި،  ފޯމު ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތަކަށެވެ.

އެ މިނިސްޓްރީން ބުނީ ޝާއިއު ކޮށްފައިވާ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ ގެދޮވެރިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ އީމެއިލް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ހުށަހެޅޭނެ އެވެ. މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް ބުުންޏެވެ.

މިހާރު ޝާއިއުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އަދި ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ އަދަދަށް ޕޮއިންޓް ލިބުނު ފަރާތްތަކާ އެފަރާތްތަކަށް ލިބޭނެކަމަށް ކަޑައަޅާފައިވާ ފްލެޓްތައް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓްރީ އިން ވަނީ ނިންމާފައެވެ. މިގޮތުން ލިސްޓްގައިވާ ފަރާތްތަކާ ފްލެޓް ހަވާލުކުރުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ކަމާބެހޭ ފަރާތްތަކުން އިތުރަށް ޗެކް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ އަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން 31 މާރިޗު 2025 ގެ ކުރިން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތްތަކަށް ދިނުމަށް ކަނޑަނާޅާނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
އޭދަފުށީ ބަނދަރު ސަރަހައްދު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަދި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސީސަންގެ، ބ. އޭދަފުށީ، ޢަލީ ޢަބްދުﷲ (82އ) އެވެ.
14 Jul 2026
ރައީސުލްޖުމްހޫރިއްޔާ، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
14 Jul 2026
ތެލުގެ އަގު ފާއިތުވި އެއް މަސް ދުވަހު ނާރާ މިންވަރަށް އުފުލިއްޖެ
ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 1.68 ޑޮލަރު ނުވަތަ 2 އިންސައްތަ މަތިވެ، ފީފާއެއްގެ އަގު ވަނީ 84.98 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔު.ޓީ.އައި) ކްރޫޑްގެ އަގު 1.65 ޑޮލަރު ނުވަތަ 2.1 އިންސައްތަ އިތުރުވެ، ފީފާއެއްގެ އަގު ވަނީ 79.79 ޑޮލަރަށް އުފުލިފައެވެ. މިއީ ޖޫން 17 ގައި ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް ސޮއިކުރި ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
13 Jul 2026
ޤަޠަރުގެ އަމީރު، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
13 Jul 2026
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑައިފި، އެކަންކުރި ބަޔަކު ކައުންސިލުން ހޯދަނީ
އަދި ބުނީ ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަަށެވެ.
13 Jul 2026
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.
13 Jul 2026
ދިޔާޝް އަށް ހިމަބިހި ޖެހުނު، ނަމަވެސް ނިޔާވީ އެ ބަލީގެ ސަބަބުން ނޫން
ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާއަށް ހިމަބިހި ޖެހުނީ ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.
13 Jul 2026
ވެމްކޯގެ ދުވަސްވީ އެންމެ ހިދުމަތްތެރި އެއް މުވައްޒިފު ނިޔާވެއްޖެ
މަސައްކަތުގައި އަޒްހީމްގެ ކިބައިން ފެނުނީ ހީވާގި ކަމާއި މުރާލިކަން ކަމުގައި ބުނެފައިވެ އެވެ. އަޒްހީމްގެ ވަކިވުމުން ފުން ހިތާމައެއް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.