ރައީސް ޑރ.މުއިއްޒު މިއަދު ރަސްފަންނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Mar 2025 | 14:23
މިވަގުތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރަސްފަންނު އާންމުންނަށް ހުޅުވާލައިފި

މަރާމާތަށް ރަސްފަންނު ބަންދުކުރުމަށްފަހު، މިވަގުތު އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރަސްފަންނު އާންމުންނަށް  ހުޅުވާލައިފިއެވެ.

އާންމުނަށް ރަސްފަންނު ހުޅުވާލިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ އެސަރަހައްދަށް ވަޑައިގެން މަސައްކަތްތައް ކޮށްފައިހުރިގޮތް ބައްލަވާލައްވާފައެވެ. މަރާމާތުގެ މަަސައްކަތްތައް ކުރުމަށް ރަސްފަންނު ބަންދުކޮށްފައިވަނީ ހުސްވި ފެބުރުއަރީމަހުގެ ފަހުކޮޅެވެ. 

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ކުރިން އެތަން އޮތް ވަރަށްވުރެ ފުރިހަމަޔަށް ތަރައްޤީކޮށްދެއްވާނޭކަމަށެވެ. ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށާފައިވާއިރު، މިވަގުތައް ރަސްފަންނު އާންމުނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައިމިވަނީ ރަމަޟާންމަހު ރައްޔިތުންނަށް ފަސޭހަޔަކަށެވެ.

ރައީސް ޑރ.މުއިއްޒު ރަސްފަންނު ބައްލަވާލައްވަނީ..

އާންމުނަށް ރަސްފަންނު ބޭނުންކުރެވޭގޮތަށް މިއަދު ހުޅުވާލިއިރު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ އެ ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށާފައެވެ. 

ރަސްފަންނު ސާފުކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު، މާލެސިޓީ ކައުންސިލުން ވަނީ ރަސްފަންނު މޫދަށް އެރިއުޅޭ ސަރަހައްދުން ކިސަޑް ނެގުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.

ރަސްފަންނަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ތަރައްޤީކުރި ތަނެކެވެ. ބޭނުމަކީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުން ހިތްއުފާކޮށްލާނޭ ސަރަހައްދެއް ހޯދައިދިނުމެވެ. ރަސްފަންނު ތަރައްޤީކުރިތާ 8 އަހަރު ވެގެންދިޔައިރު، އެތަން ވަނީ ވަރަށްބޮޑަށް ވީރާނާވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.