ބަލިޖެހިފައިވާ ކޮތަރެއް
ހަބަރު
06 Mar 2025 | 15:19
ކޮތަރުތައް މަރުވަނީ ކޮރައިޒާ ޖެހިގެން، އިންސާނުންނަށް ނުރައްކަލެއް ނެތް: މިނިސްޓްރީ

މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކޮތަރުތައް މަރުވަމުން ދަނީ އިންފެކްޝަންސް ކޮރައިޒާ ބަލީގައި ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ކޮތަރުތައް މަރުވާތީ އެ މިނިސްޓްރީން ފެށި ދިރާސާއާ ގުޅޭ ތަފްސީލް މިއަދު ވަނީ ހާމަކޮށްފަ އެވެ. މިނިސްޓްރީން ބުނީ ސާމްޕަލް ނަގާ ކުރި ތަހުލީލުން އެނގުނު ގޮތުގައި ކޮތަރުތައް މަރުވަމުން ދަނީ އިންފެކްޝަންސް ކޮރައިޒާ ބަލީގައެވެ. މިއީ އާންމުކޮށް ދޫނީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ.

ތަހުލީލުތަކުން އެނގުނު ގޮތުގައި މަރުވެފައިވާ ކޮތަރުތަކަށް ކޮކްސިޑިއޯސިސް އާއި ކެންޑިޑިއޭސިސްގެ އިތުުރުން އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ވެސް ޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

މި އިންފެކްޝަންތަކުގެ ސަބަބުން ބަލި ބޮޑުވެ ދޫނި މަރުވެ އެެވެ. ބަލި ޖެހުމުން ނޭފަތުން ފެން އައިސް, ދޫނިތައް ކެއްސާ އަދި ނޭވާލުމަށް ދަތިވެ ބޮލާއި މޫނު ދުޅަވެ ކެއިން ބުއިމަށް އުނދަގޫވާ ކަމަށް ވެސް ބުންޏެވެ. އެ މިނިސްޓްރިީން ބުނި ގޮތުގައި ބަލި ފެތުރުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވެ އެވެ. 

އަދި މިއީ އިންސާނުންނަށް ނުރައްކަލެއް އޮތް ބައްޔެއް ނޫން ކަަމަށް ވެސް ބުންޏެވެ. ނަަމަވެސް ބަލިޖެހި ނުވަތަ މަރުވެފައިވާ ކޮތަރުތަކާއި ކުޑަކުދީން ގާތް ނުވުމަށާއި ބޮޑެތި މީހުން ވެސް ރައްކާތެރި ކަމުގެ ވަސީލަތްތަކާ އެކު ނޫނީ އެތަކެތީގައި އަތްލާ ނުހެދުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.