އެމްއެމްއޭ ކުރިމަތިން އޮންނަ ފުރާ ސަރަހައްދު
ހަބަރު
06 Mar 2025 | 16:21
ލަފާފުރާމީހުން އަވީގައި ތިބެންޖެހޭ ތިބުމަށް ނިމުމެއް. ލޯންޗްތަކަށް ހުޅުމާލެ ފެރީޓާމިނަލް ހުޅުވާލަނީ!

އަތޮޅުތެރެއިން މާލެއަށް، އަދި މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކުން ލޯންޗްފަހަރުގައި ދަތުރުކުރުމުގައި މިހާރު އެންމެ އާއްމުކޮށް ބޭނުންކުރަނީ އެމްއެމްއޭ ކުރިމަތީ ބަނދަރު ސަރަހައްދެވެ. ހުޅުމާލެއަށް އަންނަ ލޯންޗްފަހަރުވެސް ގޮތެއް ނެތިގެން މީހުން ބާލަން އޮންނަނީ ހަމަ އެ ސަރަހައްދެވެ. އެމްއެމްއޭ ކުރިމަތިން އެ އޮންނަ ސަރަހައްދަކީ މާލޭގެ އެންމެ ކާރުބާރޫ ބޮޑު ސަރަހައްދެވެ. ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ލޯންތައް އެތަނުން ފުރާއިރު، އެ ސަރަހައްދަކީ ފުރާމީހުންނަށް އަދި މާލެ އަންނަ މީހުންނަށް އެކަށީގެންވާގޮތަށް ހަދާފައި އޮންނަ ސަރަހައްދެއް ނޫނެވެ.

ކިތަންމެ އަވިގަދަވިނަމަވެސް އަދި ކިތަންމެ ވިއްސާރަވިނަމަވެސް ހިޔާވެލާނޭ ގޮތެއްވެސް އެތަނަކު ނުހުރެއެވެ. މާބޮށް ވިއްސާރަވެއްޖެނަމަ ޖެހެނީ މަރުކަޒީ ބޭންކްގެ އަސްކިނިދޮށަށް ވަންނާށެވެ. ހުކުރު ހޮނިހިރު ދުވަހެއްގައި ނަމަ އެތަންވެސް މަދު މީހުން ހިޔާވެލުމަށް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ރަސްމީ ދުވަސްދުވަހު އެފުރުސަތެއްވެސް ނުލިބެއެވެ.

މާލެއަކީ އެކިއެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެތައްހާސް ބަޔަކު އައިސް ގޮސްހަދާ ތަނެކެވެ. އެކަން އެހެން އޮންނައިރު، ލަފާފުރުމުގައި އެ އޮންނަ އުނދަގޫ ކަމަކީ ލޯންޗްތަކުގެ ކައްޕިންނާއި ދަތުރުކުރާ ފަރާތްތައް އަބަދުމެ ދައްކާ ވާހަކައެކެވެ. މިހާރު މިވަނީ އެކަމަށްވެސް ނިމުމެއް އައިސްފައެވެ. 

އެމްޓީސީސީން މިއަދު ވަނީ ރަށްރަށުން މާލެ އަދި ހުޅުމާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން އެކުންފުނީގެ ބެލުމުގެ ދަށުގައި އޮންނަ ފެރީ ޓާމިނަލްތައް ލޯންޗްފަހަރުތަކަށް ބޭނުންކުރެވޭނޭ ގޮތް ހެދުމަށް ނިންމާފައެވެ. މިގޮތުން އެމްޓީސީސީން ވަނީ މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް ގަސްދުކުރާކަމަށް ބުނެފައެވެ. އެމްޓީސީސީން ބުނީ ލަފާފުރުމުގައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ހުށަހެޅުމަށް އަންގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް އެމްޓީސީސީން ނިންމި ނިންމުމެކެވެ. 

ރަށްރަށުން މާލެ އަދި ހުޅުމާލެއަށް ދަތުރުކުރާ ލޯންޗްތަކަށް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުންކުރެވޭނެ ގޮތްވުމަކީ ދަތުރުކުރާ މީހުންގެ އިތުރުންވެސް ލޯންޗްފަހަރުތަކުގެ ކައްޕިންނަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ. ސަބަބަކީ މިހާރު މާލެއައިސް ތޮށިގަނޑާ ކައިރިކޮށް މީހުން ބޭލުމުގައި އެތައް ވަގުތެއް ހޭދަކުރަންޖެހޭއިރު، ފުރަން އައިސް މަޑުކޮށްލާނޭ ނުވަތަ ލޯންޗުން މާލެ ފޭބުމަށްފަހު ޓެކްސީ އަންނަންދެން މަޑުކޮށްލައިގެން ތިބޭނޭ ރަނގަޅު މާހައުލެއްނެތެވެ. ނަމަވެސް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލް ލިބިގެން ދިއުމަކީ ލޯންޗްތަކުން މާލެ އަންނަ ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިން ގޮވައިގެން ދަތުރުކުރާ މީހުންނަށް ލިބިގެންދާނޭ ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށްވާނޭ ކަމެއްކަމަށް ދަތުރުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ޢަހްމަދު
އަހަރެމެން ކަހަލަ ރާއްޖެތެރޭ މީހުންނަށް ކުރި ޖެއްސުމެއް!
06 Mar 2025
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.