ޝެއިހް ސަލާމް އިހަވަންދޫގައި ދަރުހެއް ދެއްވަނީ: މި ހަފްތާ ބަންދުގައި 20 ރަށެއްގައި ދަރުސް އޮންނާނެ
ހަބަރު
06 Mar 2025 | 17:00
ސަލަފުން މި ހަފްތާ ބަންދުގައި 20 ރަށެއްގައި ދަރުސްތައް ބާއްވަނީ

ޖަމިއްޔަތުއްސަލަފްގެ ހަފްތާ ބަންދު ދަރުސްތައް މި މި ހަފްތާގައި 20 ރަށެއްގައި ކުރިއަށް ގެންދަން ނިންމައިިފި އެވެ.

އެ ޖަމިއްޔާ އިން ބުނީ ރާއްޖޭގެ އެކި ރަށްތަކުގައި ދީނީ ހޭލުންތެރިކަން ފެތުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ދަރުސްތައް 11 ޝެއިޚުންނާއެކު 5 އަތޮޅެއްގެ 20 ރަށެއްގައި އޮންނާނެ ކަމަށެވެ.

މި ހަފްތާގައި ދަރުސްތައް އޮންނާނީ ހއ. ހޯރަފުއްޓާއި އިހަވަންދޫ އާއި ވަށަފަރާއި އުތީމާއި ބާރަށާއި މުރައިދޫގެ އިތުރުން ތަކަންދޫ އާއި މާރަންދޫ އަދި ތުރާކުނައި އުލިމަގު އަދި ކެލަޔާއި ފިއްލަދޫގަ އެވެ.

މީގެ އިތުރުން ދ. ކުޑަހުވަދޫ އާއި އދ. މާމިގިއްޔާއި ކ. މާފުއްޓާއި ގދ. ނަޑެއްލާގެ އިތުރުން ރ. އަނގޮޅިތީމުގަ ވެސް ދަރުސްތައް އޮންނާނެ އެވެ.

މި ރަށްތަކުގައި ދީނީ ދަރުސްތައް ދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރާއި އައްޝައިޚް ޢަބްދުއްސަލާމް ދާވޫދާއި އައްޝައިޚް މުޙައްމަދު ޝާހިދާއި އައްޝައިޚް ޙާތިމް ޔޫސުފާއި އައްޝައިޚް ޙަސަން ޞަބާޙާއި އައްޝައިޚް ޙަސަން ފައިޞަލާއި އައްޝައިޚް އަޙްމަދު ޝުޢައިބުގެ އިތުރުން އައްޝައިޚް މުޖުތަބާ ޙަމީދާއި އައްޝައިޚް ޢަޠީފު އަބޫބަކުރާއި އައްޝައިޚް މުޙައްމަދު މަންޞޫރު އާދަމް އަދި އައްޝައިޚް ސާޖިދު މުޙައްމަދެވެ.

ހަފްތާ ބަންދު ދަރުސްތަކަކީ ރަމަޟާން މަސް ނޫން މަސްތަކުގައިވެސް އެކިއެކި ރަށްތަކުގައި ކުރިއަށް ގެންދެވޭ ދަރުސްތަކެއް ކަމުގައި ވީނަމަވެސް، ޚާއްޞަކޮށް ރަމަޟާންމަހުގައި ވީހާވެސް ގިނަ އަތޮޅުތަކެއްގައާއި ރަށްތަކެއްގައި ދަރުސްތައް ބޭއްވުމަށް ސަލަފުން ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދާ ކަމަށް ބުންޏެވެ.

އެހެން މައްސަރުތަކާ ހިލާފަށް ހާއްސަކޮށް ރަމަޟާންމަހުގައި ދީނީ ހޭލުންތެރިކަން ފެތުރުމަށްޓަކައި  ކައުންސިލުތަކުންނާއި، އެކިއެކި މުއައްސަސާތަކުންނާއި، ޖަމިއްޔާތަކުންނާއި، އަމިއްލަ ފަރުދުން އިސްނަގައިގެން އަގުހުރި، ބުރަ މަސައްކަތްތަކެއް ކުރާކަމީ ސަލަފުގެ ފަރާތުން އެކަމާމެދު އިންތިހާއަށް އުފާކުރާ، އަދި އެކަމުގައި އެފަރާތްތަކަށް ނިހާޔަތަށް ޝުކުރުވެރިވާ ކަމެއް ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.