Advertisement

ޕީއެންްސީ މެންބަރުންނަށް ހިދުމަތްދޭން ޑެސްކެއް ހެދި ވާހަކައަކީ ދޮގެއް: އާސަންދަ

އާސަންދައިގެ އޮފީހެއް

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މަޖިލީސް މެންބަރުންނަށް ހިދުމަތްދޭން ހާއްސަކޮށް އާސަންދަ އޮފީހުގައި ޑެސްކެއް ބަހައްޓާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

ބައެއް ފަރާތްތަކުން ގެންދަނީ ކޮންގްރެސް ޕާޓީގެ މަޖިލީސް މެންބަރުންނަށް ހިދުމަތްދޭން ހާއްސަކޮށް އާސަންދަ އޮފީހުގައި ޑެސްކެއް ބަހައްޓާ އެ ކަމަށް ވަކި މުވައްޒިފުންތަކެއް ހާއްސަކޮށްފައިވާ ކަމަށް ބުނެ ވާހަކަތައް ފަތުރާފަ އެވެ.

އެ ވާހަކަތައް ދޮގުކޮށް އާސަންދައިން މިއަދު ބުނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ޑެސްކެއް ބަހައްޓާފައި ނުވާނެ ކަމަށެވެ. އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް އެދިފައިވެ އެވެ.

Advertisement

ކޮންގްރެސް ޕާޓީގެ މަޖިލީސް މެންބަރުންނަށް ހިދުމަތްދޭން ހާއްސަކޮށް އާސަންދަ އޮފީހުގައި ޑެސްކެއް ބަހައްޓާފައިވާ ކަމަށް ވާހަކަ ފަތުރާފައި މިވަނީ އާސަންދަ ހޯދުމުގައި ދަތިވާ ކަމަށް ކޮންގްރެސްގެ ބައެއް މެންބަރުން މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެ ޝަކުވާ ކުރައްވާފައި ވަނިކޮށެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement