ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީން ބަންޑާރަ ނާއިބު އިސްތިއުފާ ދެއްވައިފި
ސުޕްރީމްކޯޓްގެ ތިން ފަނޑިޔާރަކާ ގުޅޭ މައްސަލަ ބަލަން އެކުލަވާލި ކޮމެޓީން ބަންޑާރަ ނާއިބު އަހްމަދު އުޝާމް އިސްތިއުފާ ދެއްވައިފި އެވެ.
އޭސީސީން ހިންގަން ފެށި ތަހުގީގަކާއި ގުޅިގެން ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ޑރ. އަޒްމިދަލްދާ ޒާހިރާއި ޑރ. މަހާޒް އަލީ ޒާހިރެވެ.
ތިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ކޮމެޓީއެއް އެކުލަވާލާފައިވެ އެވެ.
އުޝާމް މިރޭ ވިދާޅުވީ އެ ކޮމެޓީން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އިސްތިއުފާ ދެއްވީ ސަސްޕެންޑް ކުރުމާއި ގުޅިގެން ދެ ފަނޑިޔާރަކު ނެރުއްވި ބަޔާނުގައި އޭނާއަށް ތުހުމަތުތަކެއް ކުރައްވާފައިވާތީ އެއްވެސް ނުފޫޒެއް ނެތި މައްސަލަ ބެލުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ސަސްޕެންޑްކުރި މައްސަލައާ ގުޅިގެން އަޒްމިރަލްދާ ނެރުއްވި ބަޔާނުގައި ވަނީ އުޝާމަށް ތުހުމަތު ތަކެއް ކުރައްވާފަ އެވެ. ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާ ހުސްނުއްސުއޫދު ފޮނުއްވެވި ސިޓީގައި ވެސް އުޝާމަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists