މީގެ ކުރިން ބާޒާރަށް ވިއްކަން ގެނެސްފައިހުރި އިންޑިއާ ކާށިތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
08 Mar 2025 | 10:10
އެސްޓީއޯއިން އަނެއްކާވެސް ކާށި ޝިޕްމަންޓެއްގެނެސްފި

އެސްޓީއޯއިން އަނެއްކާވެސް ކާށި ޝިޕްމަންޓެއް ގެނެސް ކާށި ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން އަނެއްކާވެސް ކާށި ޝިޕްމަންޓެއް ގެނެސް ވިއްކަން ފަށާފައިވަނީ ބާޒާރުގައި ކާށީގެ އަގު ބޮޑުވަމުންދާތީއެވެ. އެސްޓީއޯއިން މިފަހަރު ގެނައި ކާށި ވިއްކަމުންދަނީ ކިލޯއެއް 20 ރުފިޔާއަށެވެ. އެގޮތުން އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕަމާޓުން ކާށި ކިލޯއެއް 20 ރުފިޔާއަށް ލިބޭނޭކަމަށް އެކުންފުނިން ބުނެއެވެ. އެސްޓީއޯއިން ވަނީ މިދިޔަ ހަފްތާގައިވެސް ކާށި ޝިޕްމަންޓެއް އެތެރެކޮށް ކިލޯއެއް 20 ރުފިޔާއަށް ވިއްކާފައެވެ. 

މީގެ އިތުރުން ރޯދަމަސް ފެށުނުއިރު ބާޒާރުގައި ކާށީގެ އަގު އުފުލުމާއެކު އެސްޓީއޯއިން ވަނީ ކާށީގެ ޝިޕްމަންޓެއް ގެނެސް ވިއްކާފައެވެ. އެފަހަރު ކާށި ވިއްކާފައިވަނީ، ކާއްޓެއް 5 ރުފިޔާގެ މަގުންނެވެ. އޭރު ބާޒާރުގައި ކާށީގެ އަގުހުރީ 10 ރުފިޔާއިން މަތީގައެވެ. ރާއްޖޭގެ ބާޒާރުގައި ކާށީގެ އަގު މައްޗަށްދިއުމާ ގުޅިގެން މީގެ ކުރިންވެސް އެހެން ޤައުމުތަކުން ކާށި ގެނެސް ވިއްކާފައި އެބަހުއްޓެވެ. މިގޮތުން މީގެ ކުރިން އިންޑިއާ، ލަންކާ އަދި އިންޑޮނޭޝިއާއިންވެސް ކާށި ގެނެސްފައި އެބަހުއްޓެވެ. ނަމަވެސް އެންމެ ގިނައިން ކާށި ގެންނަނީ އިންޑިއާއިންނެވެ.

އެސްޓީއޯއިން ދަނީ ރައްޔިތުން އެންމެ އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން، ބާޒާރުގައި އަގުބޮޑުވާ ކާބޯތަކެތީގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ހެޔޮއަގުގައި ވިއްކަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް