ހދ. ކުމުންދޫއަށް އުފަން އަޙްމަދު ސާލިޙް އާއި އަންހެނުން ފާއިޒާގެ ދިރިއުޅުމުގެ ވާހަކަ މިރޭ ޕީއެސްއެމް ނިއުސްއިން ގެނެސްދޭނެ
ހަބަރު
08 Mar 2025 | 13:26
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ވާހަކަ ގެނެސްދޭ ޝޯ, ޕީއެސްއެމްނިއުސްއިން މިރޭ ފަށަނީ!

ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ޕީ.އެސް.އެމް ނިއުސްއިން އަންނަނީ ތަފާތު އެކިއެކި ކޮންޓެންޓުތަކާއި ޕްރޮގްރާމްތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ރަމަޟާންމަހަށް ޚާއްސަކޮށްގެން ޕީ.އެސް.އެމް ނިއުސްއިން މުޅިން އަލަށް ގެނެސްދޭ " ސިފަނުވި ދުލަކުން " މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑްގެ ޕްރޮމޯ މިހާރުވަނީ ބެލުންތެރިންނާ ހިސާބަށް ދޫކޮށްލާފައެވެ.

ޕްރޮމޯއިން ފެންނަނީ ލޯފަން މީހެކެވެ. ދެމަފިރިއަކު ދިރިއުޅުން އާރާސްތުކުރަން ކުރަމުންދާ މަސައްކަތެވެ. އެވާހަކަތައް އަސަރާއެކު އެބުނެދެނީ ސިފަނުވި ދުލަކުންނެވެ.  "ސިފަނުވި ދުލަކުން" މި ޕްރޮގްރާމްއަކީ ލޯފަން ފަރާތްތަކަށް ހާއްސަކޮށްގެން ގެނެސްދޭ ޕްރޮގްރާމްއެކެވެ.

މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ހޮނިހިރު ދުވަހުގެރޭ 22:00 ގައި ޕީ.އެސް.އެމް ނިއުސްއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެޕިސޯޑް ހާއްސަކޮށްފައި ވަނީ ހދ. ކުމުންދޫއަށް އުފަން އުމުރުން 50 އަހަރުގެ އަޙްމަދު ސާލިޙް އާއި އަންހެނުން ފާއިޒާގެ ދިރިއުޅުމުގެ ވާހަކަތަކުގެ މައްޗަށެވެ.

ވޮއިސްއަށް ދިން ހާއްސަ އިންޓަރވިއުއެއްގައި ޕްރޮގްރާމްގެ ޕްރޮޑިއުސަރ އަޙްމަދު ޝާފިޢު ބުނީ ، "ދިރިއުޅުމުގައި ލޯފަންވިކަމުގައި ވީނަމަވެސް މުޖުތަމައުގައި ބާކީނުވެ، އެފަދަ މީހުންނަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅެވިދާނެކަން އަންގައިދިނުމަކީ މި ސިލްސިލާގެ މައިގަނޑު މަގުސަދުކަމަށެވެ. އަދި ކޮންމެ އެޕިސޮޑަކުންވެސް އެފަރާތްތައް މެދުވެރިކޮށް ބެލުންތެރިންނާއި އަޑުއެހުންތެރިންނަށްވެސް ތަފާތު ވަރުގަދަ މެސެޖްތަކެއް ލިބިގެންދާނެކަމަށްވެސް ޕްރޮޑިއުސަރ ފާހަގަކުރިއެވެ. ޕްރޮޑިއުސަރ އަޙްމަދު ޝާފިޢު ބުނީ މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް އިން ފެންނާނީ ލާމަސީލު ދެމަފިރިން ކަމަށެވެ. އެއީ ހިތާ ހިތުގެ ގުޅުމެއް ކަމަށެވެ.

" ސިފަނުވި ދުލަކުން"ގެ ޖުމްލާ 4 އެޕިސޯޑްއެއް މި ރަމަޟާންމަހު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ގެނެސްދޭނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 22:00ގައި ޕީ.އެސްއެމް ނިއުސް އިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.