އަކްރަމް ކަމާލުއްދީން... ފޮޓޯ: އެމްޑީޕީ
ހަބަރު
08 Mar 2025 | 13:51
އެމްޑީޕީގެ ތުހުމަތެއް: މި ސަރުކާރުން ވަނީ އެމީހުން ބޭނުންވާ ބަޔަކަށް ފްލެޓްތައް ދީފައި

އަދުގެ ސަރުކާރުން ފްލެޓް ލިސްޓް މުރާޖައާކޮށް ނިންމައި ފްލެޓްލިސްޓް ނެރުނުއިރު، ސަރުކާރުން ބޭނުންވާ ބަޔަކަށް ފްލެޓްތައް ދީފައިވާކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ވަނީ 4،000 ފްލެޓަށް ކުރިމަތިލިފަރާތްތަކުގެ ފްލެޓް ލިބޭ ލިސްޓް ނެރެފައެވެ. ނަމަވެސް ފްލެޓްތައް ދިނުމުގައި އުސޫލާ ހިލާފަށް ކަންކަން ކޮށްފައިވާކަމަށްބުނެ އޭސީސީން ފާހަގަކުރި މައްސަލަތަކާއެކު އަދުގެ ސަރުކާރުން ވަނީ ފްލެޓް ލިސްޓް އަލުން މުރާޖައާކޮށް ލިސްޓް ނެރެފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ފްލެޓް ކޮމިޓީގައި އެންމެ އިސްކޮށް ހުންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވީ، މި ސަރުކާރުން ވަނީ އެމީހުން ބޭނުންވާ ބަޔަކަށް ފްލެޓްތައް ދީފައި ކަމަށެވެ. މީގެ އެއް ހެއްކަކީ ކުރީގެ ހައުސިން މިނިސްޓަރު އަލީ ހައިދަރަށް ފްލެޓް ލިބުންކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ. އަކްރަމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެކުލަވާލި ލިސްޓަށް ބަލާއިރު، ހައިދަރަށް ފްލެޓް ލިބޭވަރަށް މާކްސް ލިބިވަޑައިގެންނެވިނަމަވެސް ގުރުއަތުލުން ނިމުނުއިރު، އެނަމެއް ލިސްޓަކު ނޯންނާނޭކަމަށެވެ.

75 ޕޮއިންޓް ލިބުނަސް އޭރު 75 ޕޮއިންޓް ލިބިގެން ގުރުލީ ފަރާތްތަކުގެ ތެރޭގައި އެދެކަނބަލުން ހޮވިފައެއްނުވޭ.އެހެންވީމައި އޭރު ލިބިވަޑައިގެންފައެއް ނުވޭ. އެކަމު މިފަހަރު މި ބޭފުޅުން ލިސްޓް ހެއްދެވިއިރު، ހައިދަރަށް ލިބިވަޑައިގެންފި

އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ

ފްލެޓް ލިސްޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފްލެޓް ލިސްޓްގެ ސައްހަކަން ގެއްލި ސަރުކާރުން ފްލެޓްލިސްޓާ ކުޅެފައިވާކަމަށެވެ. އެގޮތުން މިއީ ބައެއްގެ ހައްޤުތަކަށް އަރައިގަތުންކަން އަކްރަމް ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަހުމަދު މައުރޫފް ވިދާޅުވީ، އެމްޑީޕީން ނެރުނު ފްލެޓް ލިސްޓްގެ ސައްހަކަން ނެތްކަމަށް ސަރުކާރުން ފާހަގަކުރާ ކަންކަމުގައި އެއްވެސް ކަހަލަ ބުރަދަނެއް ނެތްކަމަށެވެ. މިގޮތުން އައިދީކާޑުގެ އެއްފުށް އަޕްލޯޑް ކުރިކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވާއިރު، އެންމެ ފުރަތަމަ ފްލެޓަށް ފޯމް ފުރުމަށް ވަދެވެނީވެސް ޤާނޫނީ ހައިސިއްޔަތު އޮންނަ އީފާސް މެދުވެރިކޮށްކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. 

ކައުންސިލްގެ ލިޔުން ހުށަހަޅައިގެން ފްލެޓް ލިބުނުކަމަށް ވާހަކަދައްކާއިރު، އެ ލިޔުމުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ބައެއް ފަރާތްތައް ޑިސްކޮލިފައިކޮށްފައިވާނޭކަމަށާއި، ކައުންސިލުންދިން ލިޔުންތައް ވެރިފައިކުރުމަށް އުސޫލްތަކެއް ހަދާފައިހުރި ކަމަށެވެ. އޭނާ ވިދާޅުވީ ފްލެޓް ލިސްޓް އެކުލަވާލުމުގެ ކަންކަން ކުރިއަށްގެންގޮސްފައި ހުންނާނީ ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތަށްކަމަށާއި، އެގޮތުން މީހެއްގެ އަނބިދަރިން މާލޭގައި އުޅެފައި އެމީހާ މާލެއިން ބޭރުގައި މަސައްކަތްކުރިނަމަވެސް އެމީހުންނަށް ފްލެޓް ދީފައި ހުންނާނީ އުސޫލްގެ ތެރެއިންކަން މައުރޫފް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ ފްލެޓް ލިބުނު މީހުންގެ ހައްގުތައް ހޯދަން ނިކުންނަން ޖެހިފައިވާކަން ފާހަގަކޮށް، ފްލެޓް ލިސްޓާމެދު ސަރުކާރުން ކަންކުރިގޮތުން މަޑުން ތިބެވެން ނެތްކަމަށް ވަނީ ބުނެފައެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް މިދިޔަ ފެބުރުއަރީމަހުގެ 27 ވަނަ ދުވަހު އާއްމު ކުރާއިރު، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުންނެވެ. 

ފްލެޓް ލިސްޓާ ގުޅޭގޮތުން މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ.މުއްތަލިބް ވަނީ ކުރީ ސަރުކާރުން ފްލެޓްތައް ދިނުމުގައި އުސޫލާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެންމެ ގިނައިން މައްސަލަ ހުރިކަމަށް ފާހަގަކުރެވުނީ، މާލޭގައި ދިރިއުޅުނުކަމުގެ ލިޔުން ހުށަހެޅުމުގައިކަމަށް މުއްތަލިބް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި ދޭން ނުޖެހޭ ލިޔުންތައް ދިނުމާއި، ފްލެޓް ކޮމިޓީގެ މެމްބަރުން އުސޫލާ ހިލާފަށް ކޮށްފައިވާ ކަންކަންވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ވެރިކަން ބަދަލުވިފަހުން ފްލެޓް ލިސްޓަށް ވަދެފައިވާކަން ސާބިތުވާކަމަށް މިނިސްޓަރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އެކުވެރި
ހިޔާ ފުލެޓްތައް ވެސް ދީފަ ހުރީ ހައްގު މީހުނަށް. ޝުކުރިއްޔާ
08 Mar 2025
އިއއބެ
ބަލަދަރިޔާއެއީދުނިޔޭގެޢާދައެވެ ޑރމުޢިއްޒުމިނިސްޓަރުކަމުގައި ޚަލީލުޢާއިލާއަށް37ފުލެޓް ވަނީދެއްވާފައެވެ އެކަމަކު އެމްޑީޕީސަރުކާރަކުންއެއްމެފުލެޓެއްވެސްއަތެއްނުލައެވެ
08 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.