ކާނުތައް ސާފުކުރުމުގެ މަސައްކަތް ހިނގާ ގޮތް މިނިސްޓަރު ބައްލަވާލައްވަނީ
ހަބަރު
08 Mar 2025 | 16:19
ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށުން: ހަ މަހުން ހުރިހާ ކާނެއް ސާފު ކުރެވޭނެ

މާލެ ސިޓީގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު އެ މަސައްކަތް ކުރިއަށް އޮތް ހަ މަސްތެރޭ މުޅީން ނިންމާލެވޭނެ ކަމަށް ސިޓީސްތަކާއި އިދާރާ ދާއިރާތައް ހިންގުމާއި ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ ވާރޭ ވެހިއްޖެ ނަމަ މާލޭގައި، ފެންބޮޑުވާ މައްސަލަ ހައްލު ކުރުމުގެ ގޮތުންނެވެ. މިއަދުގެ ހަރަކާތް ފެށުމަށް ފަހު މަސައްކަތް ކުރިއަށްދާ ގޮތް ބެއްލުމަށް ވަޑައިގެން ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއަދު ފެށި މަސައްކަތް ނިންމާލާނީ މާލޭގެ މަގުތަކުގެ ހުރިހާ ކާނުތަކެއް ސާފު ކުރުމަށް ފަހު ކަމަށެވެ.

އަދި މިއަދުގެ ހަރަކާތް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންގޮސް ކުރިއަށް އޮތް ހަ މަސް ދުވަސްތެރޭ ހުރިހާ ކާނުތަކެއް ސާފުކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވި އެވެ.

ބޯކޮށްވާރޭވެހޭ ކޮންމެ ދުވަހަކު މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެ އެވެ. ފެންބޮޑުވުމުގެ އެއް ސަބަބަކީ ކާނުތައް ފުރިފައިވުމެވެ.

ބައެއް ސަރަހައްދުތަކުގެ ކާނުތައް ސާފުނުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. މަގުތަކަށް ކުނިއެޅުން އިތުރުވުމުގެ ސަބަބުން ވަރަށް ގިނަ މަގުތަކުގައި ކާނުތައް ވަނީ ފުރިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.