ބާޒާރުމަތީ ފިހާރައެއްގައި ވިއްކަންހުރި ފިޔާތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު
08 Mar 2025 | 21:43
ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 12 ރުފިޔާއަށް ދަށަށް!

މާލޭ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 12 ރުފިޔާއަށް ދަށަށް ހިނގައްޖެއެވެ.

ރޯދަމަސް ފެށުމުގެ ހަފްތާއެއްކުރިން ބާޒާރުގައި ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކިއިރު، ރޯދަމަހު ފިޔާވެ އަގަު ބޮޑުވެދާނެކަމުގެ ކަންބޮޑުވުން އޮތެވެ. އެހެންކަމުން ސަރުކާރުގެ އިސްނެގުމާއެކު އެސްޓީއޯއިން ވަނީ ރޯދައަށް ފިޔާ އެތެރެކުރުމަށް ނިންމައި ފުރަތަމަ ޝިޕްމަންޓް ރޯދަމަސް ފެށުމުގެ ކުރިން ބާޒާރަށް ނެރެފައެވެ. 

އެސްޓީއޯއިން ފިޔާ އެތެރެކޮށް ވިއްކަންފެށުމާއެކު ބާޒާރުގައި ފިޔާކިލޯއެއްގެ އަގުވަނީ 18 ރުފިޔާއަށް ދަށަށްގޮސްފައެވެ. އޭރު އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކީ 16 ރުފިޔާއަށެވެ. އަދި މިހާރު އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަމުންދަނީ، 14 ރުފިޔާއަށެވެ. ވިޔަފާރިވެރިން ބުނާގޮތުގައި ބާޒާރުގައި ފިޔާގެ އަގު ދަށަށް ގޮސްފައިވަނީ ޑިމާންޑާ އެއްވަރަށް އެއްވެސް ދަތިކަމެއްނެތި ފިޔާ ލިބެން ފެށުމުންނެވެ. މިގޮތުން އެއްވެސް ދަތިކަމެއްނެތި އެސްޓީއޯއިންވެސް ފިޔާ ލިބޭކަމަށް އެފަރާތްތަކުން ފާހަގަކުރިއެވެ.

ރަމަޟާންމަހާ ދިމާކޮށް ބާޒާރުގައި ރައްޔިތުން އެންމެ އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި އެސްޓީއޯއިން ގެންްދަނީ، އެތަކެތި އެތެރެކޮށް ވިއްކަމުންނެވެ. މީގެ ތެރެއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، އަލުވި، ކާށި އަދި ބިސް އެތެރެކޮށް ވިއްކަމުންދާއިރު، މިތަކެއްޗަކީ އަގުތައް އެންމެ ބޮޑުވެގެންދާނޭ ތަކެއްޗެވެ. ނަމަވެސް މިހާރު ކާށި ފިޔަވައި އެހެން ތަކެތީގެ އަގުތައް ދަށްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ބާޒާރުގައި މިވަގުތު ކާށީގެ އަގު އިންތިހާއަށް މަތީގައި ހުރިނަމަވެސް އެސްޓީއޯ ސްޕަމާޓުގައި ކާށި ކިލޯއެއް 20 ރުފިޔާއަށް ވިއްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް