ކޮންގްރެސް ޕާޓީގެ ރޭގެ ތަރާވީހްގައި މެޑަމް ސާޖިދާ ވާހަކަދައްކަވަނީ: ފޮޓޯ/ ޕީއެންސީ
ހަބަރު
09 Mar 2025 | 09:28
އަންހެނުންނަށް ކުރާ ފުރައްސާރައާއި ދެކޮޅަށް އަންހެނުން ނުކުންނަންޖެހޭ: މެޑަމް ސާޖިދާ

އަންހެނުންނަށް ކުރާ ފުރައްސާރައަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އެކަމާ ދެކޮޅަށް އަންހެނުން ތެދުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ކޮންގްރެސް ޕާޓީން ބޭއްވި އަންހެނުންގެ ތަރާވީހުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަގާމެއް ދެއްވާފައިވާ ބައެއް ކަމަށެވެ. އެގޮތުން އިސްލާމްދީނުގައި މަންމައަށް ދޭންޖެހޭ ޤަދަރު ބައްޕައަށްވުރެ ތިން ގުނަ އިތުރު ކަން ފާހަގަކުރެއްވިއެވެ. 

”މިފަދަ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ހަމަހަމަކަމުގެ ވާހަކަދައްކާއިރު، އަޅުގަނޑުމެން ތަބީޢީ ގޮތުން ތަފާތު ބަޔަކަށް ވާއިރުގައި، އަޅުގަނޑުމެންގެ ގޮންޖެހުންތައް ތަފާތު ކަމަށްވާއިރު، އަޅުގަނޑުމެން މަސައްކަތު މާހައުލުގައި މަސައްކަތް ކުރަމުން އައިސް، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ގޭތެރޭގެ ކަންކަންވެސް ބަލަހައްޓަން ތިބި މީހުން“ 

މެޑަމް ސާޖިދާ މުހައްމަދު

މިހެންކަމުން، އަންހެނުންނަކީ އެއްކަމަކަށްވުރެ ގިނަ ކަންކަން ކުރާ ބައެއް ކަމަށާ، އެފަދަ މަސައްކަތްތެރި ބަޔަކަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރަމުންދާއިރު އަންހެނުން އެކަމަށް ހިތްވަރުދީގެން ނުވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެފަދައިން ހިތްވަރު ދިނުމަކީ ވަރަށް ދެރަކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. 

އެހެންވީމާ މިއަދު އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވީ، މިގޮތަށް އަންހެން ބޭފުޅަކާ ދިމާކުރެވި މިގޮތަށް ދާއިރުގައި ދެންތިބި އަންހެން ބޭފުޅުން ނުކުމެ (އެފުރައްސާރަކުރެވޭ) މީހާގެ ދިފާޢުގައި މަސައްކަތް ކުރަން. މިއީ އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެއް ކަމަކީ

މެޑަމް ސާޖިދާ މުހައްމަދު

މިއަދު މީސްމީޑިއާގެ އެކި މައްސަތަކުގައި ވަރަށް ގިނައިން، އެކި ގޮތް ގޮތުން އަންހެން ބޭފުޅުންނަށް ފުރައްސާރަ ކުރާތަން ފެންނަމުންދާ ކަން ފާހަގަކުރައްވައި ސާޖިދާ އިތުރަށް ވިދާޅުވީ، އެކަންކަން ހުއްޓުވަން އަންހެނުން ނުކުންނަންޖެހޭ ކަމަށެވެ. އަދި އެ ފުރައްސާރަ ކުރެވޭ މީހުންނާއެކީ އަންހެނުން މަސައްކަތް ކުރަންޖެހޭ ކަމަށް މެޑަމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.