ލައިފްސްޓައިލް
09 Mar 2025 | 12:10
ކަފަބުރު ލައިގެން ކަންފަތް ސާފުކުރަންޖެހޭތަ؟

ކަފަބުރުން ކަންފަތް ސާފުކުރުމަކީ އަހަރެމެން އެންމެންހެން އާދަވެގެން ކުރަމުން އަންނަކަމެކެވެ. ބައެއް ފަހަރު ކަންފަތް ކަހާލަން ބެނުންވިނަމަވެސް ކަފަބުރުން އެތައް އިރެންވަންދެން ކަންފަތް ކަހާލަ ކަހާލާ އިނދެވެއެވެ. އެހެން އުޅުމުގެ ތެރޭގައި ކަންފަތުގެ މާ ބޮޑަށް އެތެރެއަށް ކަފަބުރުވަދެ، އެކަމުގެ ތަދު ވެސް އިހްސާސް ކުރަންޖެހޭފަހަރު އާދެއެވެ. 

މިކަމާއި ގުޅިގެން ދާރިސް ޓީވީން ގެނެސްދިން ’ސިއްހަތު‘ ޕްރޮގްރާމުގައި ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވީ، ކަންފަތުގައި އުފެދޭ މަޑަކީ ކަންފަތުގެ ރައްކާތެރިކަމަށްޓަކައި އުފެދޭ އެއްޗެއް ކަމަށެވެ. އެހެންކަމުން ކަންފަތުގެ އެތެރެއަށް ކޮޓަންބަޑު ލައިގެން އެ ސާފުކުރަން ނުޖެހޭނެ ކަމަށެވެ. 

”(ކޮޓަން ބަޑުން ސާފުކުރުމަކީ) މެޑިކަލީ އޮންނަ ކަމެއް ނޫން. ސަގާފީ ކަމެއް ކަންނޭނގެ އެއީ. އެކަމަކު ތަދުވެގެން ނޫނީ (މަޑު) ހަރުވެގެން އެބަޖެހޭ ސާފު ކުރަން. އެކަމަކު އާއްމު އުސޫލެއްގައި އެ ސާފު ކުރާ ގޮތަށް ސާފުކުރުމެއް ނޯވޭ. “ ޑޮކްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުން ކަންފަތް ސާފުކުރަން އުޅުމުގެ ތެރޭގައި ކޮޓަންބަޑު ވަރަށް ބޮޑަށް ކަންފަތުގެ އެތެރެއަށް ވަންނަކަމަށާ، ނުވަތަ އޭގައި އިންނަ ކަފަކޮޅު ވެސް ކަންފަތުގެ ތެރޭގައި ހަރުލާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އަދި ކަންފަތުގެ މާބޮޑަށް އެތެރެއަށް ވަދެ، ކަންފަތުގެ ތޫރިއަށްވެސް އަނިޔާވާ ފަހަރު އަންނަކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ކަންފަތުން ލޭއައިސް އެފަދަ ކަންކަންވެސް ދިމާވާ ކަމަށް ވިދާޅުވުއެވެ. 

އެހެންކަމުން، އެފަދައިން ކަންފަތަށް އެއްޗެއް ލައްވައިގެން ސާފުކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.