ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް (ކ) އަދި ކުރީގެ ފްލެޓު ކޮމެޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން (ވ) -- ފޮޓޯ / ރައީސް އޮފީސް
ހަބަރު
09 Mar 2025 | 14:00
އައިޑީ ކާޑުގެ އެއްފަރާތް އަޕްލޯޑް ކޮށްފައި ހުރި ފަރާތަކަށްވެސް އެމްޑީޕީން ފުލެޓްދީފައި ހުރި: މިނިސްޓްރީ

ގެދޮރުވެރިޔާ ސްކިމްގެ ދަށުން އިމާރާތް ކުރެވެމުންދާ 4000 ފްލެޓް ލިބޭ ކަމަށް އެމްޑީޕީ ސަރުކާރުން އެކުލަވާލި ލިސްޓުގައި، އައިޑީކާޑުގެ އެންމެ ފަރާތެއް އަޕްލޯޑް ކޮށްފައިވާ ފަރާތެއްވެސް ހިމެނޭ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތައް ދޮގުކޮށް މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

އެމްޑީޕީން ތުހުމަތު ކުރާ ގޮތުން، ފުލެޓު ލިސްޓު އާއްމުކުރިއިރު ނެރެފައިވަނީ މުޅި ލިސްޓެއް ނޫނެވެ. އަދި، ލިސްޓު ނެރުނު އިރު މީގެ ކުރިން ޝަރުތުހަމަވެ ފުލެޓު ލިބުނު މީހުންގެ ނަންތައް ކަނޑާފައިވާ ކަމަށާ އެ ސަރުކާރުން 4،000 ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވާ ފޯމުތަކުގެ ބޭރުން މި ސަރުކާރުން 577 މީހެއްގެ މައުލޫމާތު އަލުން ބަލައި ފުލެޓު ދޭން ކަނޑައެޅި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެކަން ދޮގުކޮށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު ނެރެފައިވާނީ ކުރީ ސަރުކާރުން އިޢުލާން ކުރި ލިސްޓުގައި ބަޔާންވެގެންވާ ފަދައިން 3 ކޮޓަރި ފްލެޓަށް އެދި ފޯމުލީ ފަރާތްތަކުގެ ތެރެއިން 76 ޕޮއިންޓް ލިބި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި، 75 ޕޮއިންޓް ލިބި ގުރުއަތަށް ދާނެ ކަމަށް އިޢުލާންކޮށްފައިވާ ފަރާތްތަކާއި، އަދި 2 ކޮޓަރި ފްލެޓަށް އެދި ފޯމުލީ ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓް ލިބި ފްލެޓް ލިބޭނެ ކަމަށް އިޢުލާންކޮށްފައިވާ ފަރާތްތައް ކަމަށެވެ. 

”އެނޫން އެއްވެސް ފަރާތެއްގެ ފޯމެއް މި މަރުޙަލާގައި ބަލައި ޗެކްކޮށްފައިނުވާނެއެވެ. އަދި ފްލެޓް ދިނުމުގައި ޢަމަލުކުރާނެ އާ އުޞޫލެއްވެސް އެކަށައަޅާފައެއް ނުވާނެއެވެ. މިކަމުގައި ޢަމަލުކޮށްފައިވަނީ ލިޔެ ރަސްމީކޮށް އިޢުލާނުކޮށް ޝާއިޢުކޮށްފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތަށާއި ފޯމުތައް އިވެލުއޭޓް ކުރުމަށް ކުރީ ސަރުކާރުން އެކަށައެޅި ގެދޮރުވެރިން ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށައަޅާފައިވާ ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މި ދެންނެވި އުޞޫލު އަދި ގައިޑްލައިނަށް ޢަމަލު ކުރުމުގައި ހުރިހާ ފަރާތަކަށްވެސް ހަމަހަމަ ވާނެހެން ވީހާވެސް ބޮޑަކަށް ލުއި ކުރެވޭތޯ ބަލާފައިވާނެއެވެ.“ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. 

އަދި ފުލެޓު ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފުލެޓު، މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައި ނުވާނެ ކަމަށާ ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކަށް ލިބިފައިވާ ފުލެޓެއް އެހެން ފަރާތަކަށް ދިނުމަށް ކަނޑައެއްނާޅާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން އިތުރަށް ބުނީ މާލޭގައި ރަށްވެހިވެފައިވާ ފަރާތެއް ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާނަމަ ޑިސްކޮލިފައި ނުވާނެ ކަމަށާ މާލޭގެ ރަށްވެއްސަކަށް ވީތާ 15 އަހަރު ނުވާނަމަ، އެ މުއްދަތުގައި މާލޭގައި އުޅުނުކަން ބެލުމަށް ލިޔުންތަކަށް ބަލާފައިވާނެ ކަމަށެވެ. 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓް: ފޮޓޯ/ ވޮއިސް

”އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާނަމަ އައިސްފައިވާނީ ފޯމުލީ ފަރާތުން ދީފައިވާ މަޢުލޫމާތާއި ޚިލާފަށް ޕޮއިންޓް ދީފައިވާނަމައެވެ. އެކަން ފޯމު ލީ ފަރާތްތަކަށް ޕޯޓަލްއިން އެނގެން ހުންނާނެއެވެ.“ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ. 

މީގެ އިތުރުން، ކައުންސިލްތަކުން ދީފައިވާ ލިޔުންތަކުގެ ތެރޭގައި ފާހަގަކުރެވިފައި ވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްތަކުގެ ކައުންސިލްތަކުން ދީފައިވާ ލިޔުންތައް ކަމަާ އެހެންކަމުން ލިޔުންތަކުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

”މި ސްކީމަށް ލިޔުން ހުށަހެޅުމުގައި މާލޭގައި ދިރިއުޅުނު މުއްދަތުގެ ލިޔުން ލާން ހުރި ޓެބަށް އައި.ޑީ ކާޑުގެ އެއްފުށް އަޕްލޯޑްކޮށްފައިވާ ފަރާތެއް ވެސް 15 އަހަރު މުއްދަތު ހަމަވާކަމަށް ކަނޑައަޅާފައިވެއެވެ. މާނައަކީ އޭރު އެކުލަވާލި އުޞޫލު ހަމަހަމަކަމާއެކު ތަންފީޒުކުރުމަށް އެއްވެސް ވަރަކަށް ސަމާލުވެފައި ނެތްކަމެވެ.“

ގެދޮރުވެރިކަމާ ބެހޭ ވުޒާރާ

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުއްޠަލިބު

”ދެމަފިރިންނަށް އެއް ސްކީމަކުން ފްލެޓް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއްނޫނެވެ. އަދި ދެމަފިރިންނަށް މި ސްކީމުގެ ތެރެއިން 2 ފްލެޓެއް ނުލިބޭނެއެވެ. 15 ނޮވެންބަރު 2023 ގައި އިޢުލާންކުރި ލިސްޓުގައި ނެތް ފަރާތެއް މި ލިސްޓުގައި ހިމަނާފައި ނުވާނެއެވެ. އަދި ދެ މަފިރިން ހިމެނިފައިވާނަމަ އެދެފަރާތަށް ވަކިން 2 ފްލެޓެއް ނުލިބޭނެއެވެ.“

މިއާއެކު އެ ވުޒާރާއިން ބުނީ މި 4،000 ފުލެޓު ލިބުމުގެ ފުރުސަތު ނުލިބޭ ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހައްމަލުކުރަން ނުޖެހޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން އެ ފަރާތްތަކަށް ވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެކަމަށް އެ ވުޒާރާއިން ބުންޏެވެ. 

ކޮމެންޓް
ޢަލީ ހުސައިން
ޝޭހު ޒަމްޒަމް ފާރިޝް ވެސް ވިދާޅުވީ މުރާޖައާ ކުރީމަ ކުރިން ނުލިބޭ މީހުނަށް ލިބިފަ އެބަހުއްޓޭ. ޒަމްޒަމް ނޫނީ މިނިސްޓަރު އެބަ ދޮގު ހަދާ.
09 Mar 2025
ޢަލީބެ
އައިޑީކާޑުގެ އެއްފުށުން އެއީ ދިވެއްސެއްކަން. ޢެމީހަކީ ކާކުކަން ނޭނގެނީތަ. އެއްފުށަށް ބަލައިގެން އާސަންދަވެސް ދެނީ.
10 Mar 2025
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ